ކ. މާލެ
|
16 ސެޕްޓެންބަރ 2018 | އާދީއްތަ 22:20
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް މާލޭގައި ދޮރުން ދޮރަށް ހިންގަވަނީ
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް މާލޭގައި ދޮރުން ދޮރަށް ހިންގަވަނީ
އަޝްވާ ފަހީމް
ރިޔާސީ އިންތިހާބު 2018
ފްލެޓްތައް ދޫކުރި ގޮތް ބަލައި، ހައްގުވާ ފަރާތްތަކަށް ފްލެޓް ދޭނެ ކަމަށް ވައުދުވެއްޖެ
އެގޮތަށް ވައުދުވެފައި ވަނީ ކޯލިޝަންގެ މެނިފެސްޓޯގައި
ފްލެޓް ދޫކުރާނީ ހަމަހަމަ އުސޫލަކުން ކަމަށް ބުނެފައިވޭ
ކުއްޔަށް ހިފައިގެން ނޫޅެވޭ މީހުންނަށް ސަރުކާރުން އެހީވާނެ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުތަކުގެ ދަށުން ފްލެޓްތައް ދޫކުރި ގޮތް ބަލައި، ފްލެޓް ހައްގުވާ ފަރާތްތަކަށް ފްލެޓް ދޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ވައުދުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން އާދީއްތަ ދުވަހު އާންމުކުރި މެނިފެސްޓޯގައި ބުނެފައި ވަނީ ފްލެޓްތައް ދޫކުރުމުގައި ބޭއިންސާފުން ކޮރަޕްޝަން ހިމެނޭ ގޮތަށް ދީފައިވާ މައްސަލަތައް ބަލާނެ ކަަމަށެވެ. އެއަށްފަހު ފްލެޓް ހައްގުވާ ފަރާތްތައް ހޯދައި، ހަމަހަމަ އުސޫލުން ފްލެޓްތައް ދޫކުރެވޭނެ ނިޒާމެއް ގާއިމު ކުރާނެ ކަމަށެވެ.

"ފްލެޓްތައް ދޫކުރުމުގައި ބޭއިންސާފުން ކޮރަޕްޝަން ހިމެނޭ ގޮތަށް ދީފައިވާ މައްސަލަ ބަލާ، ފްލެޓް ހައްގުވާ ފަރާތްތަކަށް ފްލެޓް ހޯދައި ދިނުން. އަދި ހަމަހަމަ އުސޫލުން ފްލެޓްތައް ދޫކުރެވޭނެ ނިޒާމެއް ކަށަވަރު ކުރުން،" ހަތަރު ޕާޓީގެ ވައުދުތައް ހިމެނޭ ގޮތަށް ހަދާފައިވާ ކޯލިޝަންގެ މެނިފެސްޓޯގައިވެއެވެ. 

ކޯލިޝަންގެ ގެދޮރުވެރި ކުރުވުމުގެ ވައުދުގައި ބުނެފައިވާ ގޮތުން އަމިއްލަ ގެދޮރު ނެތް އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެއެވެ.

އެ މެނިފެސްޓޯގައި ބުނެފައި ވަނީ ކުއްޔަށް ހިފައިގެން ނޫޅެވޭ ހާލަތުގައި ތިބި މީހުންނަށް އާމްދަނީ ލިބި ދިރިއުޅުމުގެ ހާލަތު ބަދަލު ކުރެވެންދެން ހިލޭ ބޯހިޔާވަހިކަން ސަރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ. މީގެ އިތުރުން ފޯރުންތެރިކަން ކުޑަ ފަރާތްތަކަށް ސޯޝަލް ހައުސިންގެ ކެޓަގަރީގެ ތަންތަނުގައި ދިރިއުޅުމުގެ ކުލި ދެއްކުމަށް އެހީތެރިވުމަށް ސަބްސިޑީ ސަރުކާރުން ދޭނެ ކަމަށް ވެސް ކޯލިޝަންގެ މެނިފެސްޓޯގައި ވައުދުވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް