ކ. މާލެ
|
16 ސެޕްޓެންބަރ 2018 | އާދީއްތަ 18:26
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ): އެމަނިކުފާނު ވެރިކަމުގެ މެނިފެސްޓޯ ވަނީ އާންމުކޮށްފައި
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ): އެމަނިކުފާނު ވެރިކަމުގެ މެނިފެސްޓޯ ވަނީ އާންމުކޮށްފައި
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ހަތަރު ލީޑަރުންގެ އެއްބަސްވުން މަޖިލީހުން ފާސްކުރަންޖެހޭ ގޮތަށް ކޯލިޝަންގެ މެނިފެސްޓޯ އާންމުކޮށްފި
މަޖިލީހަށް އެއްބަސްވުން ހުށަހަޅަނީ މެޖޯރިޓީ ލިބުމުން
އެއްބަސްވުމުގައި ކޯލިޝަން ރޫޅޭނެ ގޮތް ބަޔާންކޮށްފައިވޭ
ބޭރުގެ ފަނޑިޔާރުން ކޯޓުތަކަށް އައްޔަން ނުކުރާނެ

ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރު ދެމިއޮތުމާ ގުޅޭ ގޮތުން ޕާޓީތަކުގެ ހަތަރު ލީޑަރުން އެއްބަސްވާ ކަންތައްތައް މަޖިލީހުން ފާސްކުރަންޖެހޭ ގޮތަށް ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ އާންމުކޮށްފިއެވެ.

ހަތަރު ޕާޓީގެ މެނިފެސްޓޯގެ ވައުދުތައް ހިމެނޭ ގޮތަށް އެކުލަވާލި ކޯލިޝަންގެ މެނިފެސްޓޯގައި ވެރިކަން ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކާ ގާނޫނުއަސާސީއަށް ބަދަލު ގެންނަންޖެހޭ ކަމަށް ބަޔާންކޮށްފައިވެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައިވާ ގޮތުން ކޯލިޝަން ރޫޅޭ ގޮތްތަކާއި ރޫޅިއްޖެ ހާލަތެއްގައި ސަރުކާރު ދެމި އޮތުމާ ގުޅޭ ގޮތުން ހަތަރު ލީޑަރުން އެއްބަސްވުމެއްގައި ސޮއި ކުރަންވާނެއެވެ. މަޖިލީހުގެ އަގުލަބިއްޔަތު ކޯލިޝަންގެ ސަރުކާރަށް ލިބޭތާ 30 ދުވަހުގެ ތެރޭގައި އެ އެއްބަސްވުން މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމަށް މެނިފެސްޓޯގައި ބުނެފައިވެއެވެ.

ކޯލިޝަންގެ ސަރުކާރު ދެމިއޮތުމާ ގުޅޭ ގޮތުން ހަތަރު ލީޑަރުން އެއްބަސްވާ ކަންތައްތައް މެނިފެސްޓޯގައި ތަފްސީލުކޮށްދީފައެއް ނުވެއެވެ. އަދި ގާނޫނުއަސާސީއަށް ގެންނަ ބޮޑެތި ބަދަލުތައް ވެސް ތަފްސީލުކޮށްދީފައެއް ނުވެއެވެ.

"ކޯލިޝަން ރޫޅޭ ގޮތްތަކާއި ރޫޅިއްޖެ ހާލަތެއްގައި ސަރުކާރު ދެމިއޮތުމާއި ނެތުން، އަދި ކޯލިޝަނަށް ދިމާވާ އެހެނިހެން މައްސަލަތައް ހައްލު ކުރާނެ ގޮތްތައް ބަޔާންކުރާ އެއްބަސްވުމެއްގައި ހަތަރު ލީޑަރުން ސޮއިކުރެއްވުން. އަދި ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ކޯލިޝަންގެ ސަރުކާރަށް ލިބޭތާ 30 ދުވަހުގެ ތެރޭގައި މި އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފާށްކުރުން،" ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ބުނެފައިވެއެވެ.

ހަތަރު ޕާޓީގެ ވައުދުތައް އެކުލަވާލުމަށްފަހު، މައިގަނޑު ހަ ދާއިރާއަކަށް ވައުދުތައް ބަހާފައިވެއެވެ. އެއީ ދިވެހި އިލްމުވެރީންނާއި ސިއްހީ ނިޒާމާއި ދިފާއީ ސިޔާސަތާއި ގެދޮރުވެރިކުރުވުމާއި ދިވެހި މަސްވެރިޔާގެ ސިޔާސަތާއި ޓޫރިޒަމްގެ ސިޔާސަތުގެ މައްޗަށެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން އާންމު ކުރި ޖަޒީރާ މެނިފެސްޓޯގައި ވެރިކަން ހިންގުމުގެ ނިޒާމަށާއި އަދުލުއިންސާފު ގާއިމު ކުރުމާ ގުޅޭ ގޮތުން ހިމަނާފައިވާ ބައެއް ކަންކަން ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނާފައެއް ނުވެއެވެ.

އެގޮތުން ފަނޑިޔާރުންނަށް ރައްޔިތުންގެ އިތުބާރު ހޯދުމުގެ ގޮތުން ކޯޓުތަކަށް ބޭރުގެ ފަނޑިޔާރުން އައްޔަން ކުރަންޖެހޭ ބައި ވަނީ އުނިކޮށްފައެވެ. އަދި އިންތިގާލީ ސަރުކާރާ ގުޅޭ ގޮތުންނާއި ވެރިކަމުގެ ނިޒާމުގެ ތެރެއަށް ބަރުލަމާނި ސިފަތައް ގެނައުމަށް ޖަޒީރާ މެނިފެސްޓޯގައި ހިމަނާފައިވާ ބައިތައް ވަނީ އުނިކޮށްފައެވެ.

އެއާ ހިލާފަށް ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނާފައި ވަނީ ދައުލަތުގެ އެންމެހައި ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނަށް އަނިޔާ ލިބޭ ގޮތަށް ބައްޓަންކޮށްފައިވާ ސިޔާސަތުތަކަށް ބަދަލު ގެނައުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
16 ސެޕްޓެންބަރ 2018 | އާދީއްތަ 18:16
ވޯޓްނެގުމެެއް
ސެޕްޓެމްބަރ މަހު ވޯޓްނެގުމެެއް ނޯނާނެ!