ކ. މާލެ
|
16 ސެޕްޓެންބަރ 2018 | އާދީއްތަ 12:09
އިބޫއަށް ތާއީދު ހޯދުމުގެ ގޮތުން މެލޭޝިއާގައި ކުޅޭ ފުޓްސަލް މުބާރާތުގެ ތެރެއިން.
އިބޫއަށް ތާއީދު ހޯދުމުގެ ގޮތުން މެލޭޝިއާގައި ކުޅޭ ފުޓްސަލް މުބާރާތުގެ ތެރެއިން.
ރާއްޖެއެމްވީ
ރިޔާސި އިންތިޚާބު 2018
އިބޫއަށް ތާއީދު ހޯދުމަށް މެލޭޝިޔާގައި ކުޅިވަރު ހަރަކާތްތަކެއް ފަށައިފި
މެލޭޝިއާގައި ދިރިއުޅޭ ދިވެހި ކިޔަވާކުދިން ބައިވެރިވާ ފުޓްސަލް އަދި ބަށި މުބާރާތެއް ވަނީ ފަށާފައި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިޙާއި ރަނިންމޭޓް ފައިސަލް ނަސީމަށް ތާއީދު ހޯދުމަށް މެލޭޝިޔާގައި ކުޅިވަރު ހަރަކާތްތަކެއް ފަށައިފި އެވެ.

އިބޫއަށް ތާއީދު ހޯދުމަށް ހިންގާ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން "ޖަޒީރާ ގޭމްސް" ގެ ނަމުގައި އާދިއްތަ ދުވަހު މެލޭޝިއާގައި ދިރިއުޅޭ ދިވެހި ކިޔަވާކުދިން ބައިވެރިވާ ފުޓްސަލް މުބާރާތަކާއި ބަށި މުބާރާތެއް ވަނީ ފަށާފައެވެ.

ސަންވޭ އެކްސްޓްރީމް ޕާކްގައި ކުރިއަށްދާ މި ފުޓްސަލް މުބާރާތުގައި ފިރިހެން 12 ޓީމާއި އަންހެން 3 ޓީމް ބައިވެރި ވެއެވެ.

އަދި ބަށި މުބާރާތުގައި ޖުމްލަ އަންހެން 4 ޓީމުން ބައިވެރިވެއެވެ.

އިބޫއަށް ތާއީދު ހޯދުމަށް މެލޭޝިޔާގައި ދަނީ ކެމްޕޭން ތަފާތު ގިނަ ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ޕްލޭސްޓޭޝަން ގޭމް މުބާރާތެއްވެސް ބާއްވައި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ވަނީ އިނާމްދީފައެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ފައިސަލް ނަސީމާއި ކެމްޕޭން ޓީމުން ވަނީ މިދިޔަ ހުކުރު ދުވަހު މެލޭޝިޔާއަށް ވަޑައިގެން މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނާއި ކިޔަވާކުދިންނާއި ބައްދަލު ކުރައްވައި ހުރި ކަންބޮޑުވުންތައް އޮޅުންފިލުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް