ކ. މާލެ
|
16 ސެޕްޓެންބަރ 2018 | އާދީއްތަ 10:52
މިއަދު އިބޫ ކާށިދޫއަށް ވަޑައިގަތުމުން އެރަށުން ޒުވާން ކުއްޖަކު ސެލްފީއެއް ނަގަނީ
މިއަދު އިބޫ ކާށިދޫއަށް ވަޑައިގަތުމުން އެރަށުން ޒުވާން ކުއްޖަކު ސެލްފީއެއް ނަގަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ކާށިދޫ އަށް އާ ސްކޫލެއް އަޅައި، ފަޅުތެރޭ ރިސޯޓެއް ހަދާދޭނަން: އިބޫ
ފެނާއި ނަރުދަމާ ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވި

ކ.ކާށިދޫގެ ފަޅު ހިއްކައިގެން ރިސޯޓެއް އަޅާދޭނެ ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވައުދު ވެވަޑައިގެންފި އެވެ.  

ކާށިދޫއަށް މިއަދު އިބޫ އާއި އެމަނިކުފާނުގެ ރަނިންމޭޓް އަދި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވަޑައިގެން ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އިބޫ ވަނީ ކާށިދޫއަށް މުހިންމު ވައުދުތަކެއް ވެވަޑައިގެންފައެވެ. މި ގޮތުން ކާށީދޫގައި ވަޒީފާގެ ފުރުސަތު އިތުރުކުރުމަށްޓަކައި ޓޫރިޒަމް ފުޅާކުރުމަށް އެމްޑީޕީގެ ސަރުކާރުގައި ގެންގުޅުނު ވިސްނުމާ އެއްގޮތަށް ރަށުގެ ފަޅުތެރޭގައި ރިސޯޓެއް އެޅިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

 

އިބޫގެ ސަޕޯޓަރުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން

އިބޫ ވަނީ ކާށިދޫގައި އާ ސްކޫލެއް އަޅާދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ތައުލީމީ ސިޔާސަތުގެ ތެރެއިން ކާށިދޫގައި ތައުލީމީ ފެންވަރު މަތި ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.   ކާށިދޫ ކައިރީގައި މަސް ކަނދުފޮއްޗެއް ހަރުކޮށް މި ރަށުގައި ތިބި މަސްވެރިންނަށް ވެސް މަސްވެރިކަން ކުރެވޭނެ ފަސޭހަ ގޮތް ހައްދަވައި ދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.  

ފައިސަލް އާއި އިބޫ މިއަދު ކާށިދޫގައި:- އެމަނިކުފާނު ވަނީ ކާށިދޫއަށް ގިނަ ވައުުދުތަކެއް ވެވަޑައިގެންފައި
 

ގިނަ އަދަދެއްގެ ދަނޑުވެރިން ތިބި މިރަށުގައި ދަނޑުވެރިކަމުގެ ސިޔާސަތުގެ ދަށުން ދަނޑުވެރިން ހައްދާތަކެތި އަވަހަށް ވިއްކޭނެ ގޮތް ވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެކަން ކުރުމަށް ދަނޑުވެރިކަމުން ހައްދާ ތަކެތި ގަންނާނެ ސެންޓަރުތަކެއް ހެދިގެންދާއިރު ދަނޑުވެރިނަށް ބޭނުންވާ ސާމާނު ގަތުމަށް ސަރުކާރުން ސަބްސިޑީ ފޯރު ކޮށްދޭނެ ކަމަށް ވެސް ވައުދުވެ ވެޑައިގެންނެވި އެވެ. މިގޮތުން ވެ ވަޑައިގެންނެވި ވަޢުދުތަކުގެ ތެރޭގައި:

  •  ފަޅުތެރޭގައި ރިސޯޓެއް ހެދުން
  •  އާ ސްކޫލެއް އެޅުން
  •  ކާށިދޫ ކައިރި ކަނދުފޮތި އެޅުން
  •  ފެނާއި ނަރުދަމާ ގާއިމުކުރުން

ސިއްޙީ ނިޒާމާއި ގުޅޭ ގޮތުން ވިދާޅުވީ މިރަށުގެ ސިއްހީ މަރުކަޒަށް ބޭނުންވާ އިތުރު ސާމާނު ގެނެސް ރަނގަޅު ސިއްހީ ފަރުވާ ރަށުގައި ތިބެގެން ލިބޭނެ ކަމުގައެވެ. މީގެ އިތުރުން އެހެން ރަށްރަށެކޭ އެއްގޮތައް ފެނާއި ނަރުދަމާ ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ. ކާށިދޫ އިން އިބޫއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
16 ސެޕްޓެންބަރ 2018 | އާދީއްތަ 14:54
ރިސޯޓް އަޅައިދޭތަ
ދާހާތަނެއްގާ ހިއްކައިގެން ރިސޯޓް އަޅައިދޭތަ؟ މާލެގައިވެސް ހިއްކާފަ މަމެންނަށް ރިސޯޓެއް އަޅާދޭތި އިނގޭ އިބޫ!