ކ. މާލެ
|
16 ސެޕްޓެންބަރ 2018 | އާދީއްތަ 08:45
އިމްތިޔާޒް ފަހުމީ ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
އިމްތިޔާޒް ފަހުމީ ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ފާތިމަތު ޝަނާ މުހައްމަދު
ރިޔާސީ ރޭސް 2018
ރައީސް ޔާމިން ނޫނީ ވެރިކަމުގައި ހުންނަވައިގެން އަމިއްލަ ގެ 17 ބުރިއަށް ނަގާ ވެރިއަކު ރާއްޖޭގައި ނެތް:އިންތި
ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަތައް އެކަނިވެސް އެކަންކަން ސާބީތު ކުރުމަށް ހެއްކަކަށް ފުދޭ
އަދީބާ ހަމައިން ކޮރަޕްޝަން ނިމޭކަމަށް ވިދަޅުވާއިރު އަދީބު ދެއްވި ކާރު މިއަދުވެސް ދަނީ ދުއްވަމުން

ރައީސް ޢަބްދުﷲ ޔާމީން ނޫނީ ވެރިކަމުގައި ހުންނަވައިގެން އަމިއްލަ ގެ 17 ބުރިއަށް ނެންގެވި ވެރިއަކު ރާއްޖޭގައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ހޮނިހިރު ދުވަހުގެރޭ ޅ ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ ޚިޔާނާތް ނިމެނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ހަމައިން ކަމަށް ރައީސް ޔާމީން ވިދާޅުވާއިރު މިއަދު ވެސް އަދީބު ދެއްވި ތަކެތީގެ ބޭނުން ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އަދީބު ދެއްވި ބީއެމްޑަބަލިޔު ކާރު މިއަދު ވެސް ދުއްވަމުން ދާކަމަށް އިންތި ވިދާޅުވިއެވެ.

" އަދީބާ ހަމައިންނޯ ޚިޔާނާތް ގޮސް ނިމެނީ މިސަރުކާރުގެ. އަދީބު ދެއްވި ބީއެމްޑަބްލިޔު މިހާރު ވެސް ދުއްވަނީއޭ. ހަމަ ދުއްވަނީއޭ. ބައްލަވާ މާލޭ މަގުމަތީގައި ހަމަ ދުއްވަމުންނޭ އެގެންދަވަނީ. މިހުރިހާކަމެއް އިރުއަރާ އޮއްސޭއިރު ހިނގަމުންދާއިރުގައި އަމިއްލަ ގެ އެއޮށް 17 ބުރިއަށް ހިއްލެމުންދަނީ. ހަމަ ހިއްލެމުންނޭ އެދަނީ. ނިކަން ބައްލަވާ. 17 ބުރިއަށް. ދިވެހިރާއްޖޭގައި ވެރިއަކު ނެތޭ އެވެރިކަމުގައި ހުންނަވައިގެން ބިންގަނެ އަމިއްލަ ބޮޑެތި ގަނޑުވަރު، 17 ބުރީގެ ގަނޑުވަރު ހަދަމުންދާ މީހަކު." ރައީސް ޔާމީން ހެންވޭރުކޮޅުން ބައްލަވައިގެން ކަމަށް ބުނާ ގެއަށް އިޝާރާތް ކުރައްވާ އިންތި ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އަސްލު ސޫރަ އިންތިޚާބަށްފަހު ފެނިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވައި އިންތި ވިދާޅުވީ އަސްލު ސޫރަ ދައްކަވާ ވާހަކަތަކަށް ނަގްލީ ސޫރަ އެހެން ވާހަކައެއް ދައްކަވާފައި ކޯފާ އިސްކުރައްވާ ކަމަށެވެ.

އިންތި ވިދާޅުވީ ރޭޑިޔޯ ޓީވީތަކުން ގެންނަމުން ދަނީ ރައީސް ޔާމީންގެ އަސްލު ސޫރަ އާއި، ދައްކަވާ ވާހަކަތައް ކަމަށެވެ. އެކަމަކު ކޯފާ އިސްކުރައްވަމުން ދަނީ ނަގްލީ ސޫރަ ކަމަށެވެ.

އިންތި ވިދާޅުވީ ދައުލަތެއްގެ ސިފައިގެ ކަންފުޅެއް ވެސް މިރާއްޖޭގައި މިހާރު ނެތްކަމަށާއި، ހުންނެވި ވެރިއެއްގެ ދުލުން ނުކުންނަ ވާހަކަތަކާއި ކުރައްވަމުން ގެންދަވާ ކަންކަމުގެ ސަބަބުން ކަންބޮޑުވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން ވިދާޅުވާ ވާހަކަތައް ވިދާޅުވާ ގޮތަށް ގެންނެވީމާ މިލިޔަނުން ޖޫރިމަނާކުރަމުންދަނީ ރާއްޖެ ޓީވީ ކަމަށް އިންތި ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގޮންޑިތައް ގެއްލުވާލީ ހަމަ ސީދާ ތިމަންނައޭ. ދިވެހިރާއްޖޭގެ ރައްޔިތުންނާ މުޚާތަބު ކުރައްވާ އެ ވިދާޅުވަނީ. ރައީސް ނަޝީދާ ޤާސިމް އިބްރާހީމަށް ވާދަ ނުކުރެއްވޭނޭ ގޮތް ހެއްދެވީ ތިމަންނައޭ" އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަތަކުން އެކަނި ވެސް އެކަންކަން އެމަނިކުފާނުގެ މައްޗަށް ސާބިތު ކުރުމަށްޓަކައި ހެއްކަކަށް ފުދޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް