ކ. މާލެ
|
16 ސެޕްޓެންބަރ 2018 | އާދީއްތަ 09:28
ރާއްޖެ ޓީވީ: އެމްއެންޔޫގެ ބަހުސަކީ ބަހުސެއްކަމަކަށް ނުދެކޭ
ރާއްޖެ ޓީވީ: އެމްއެންޔޫގެ ބަހުސަކީ ބަހުސެއްކަމަކަށް ނުދެކޭ
މުހައްމަދު ޝަރުހާން
ރާއްޖެ ޓީވީ
އެއްފަރާތުން ދައްކާ ވާހަކައަކީ ބަހުސަކަށް ނުވާތީ އެމްއެންޔޫގެ ބަހުސް ނުދައްކަން ރާއްޖެ ޓީވީން ނިންމައިފި
ބަހުސްގައި ބައިވެރިވެވަޑައިގަންނަވަނީ ރައީސް ޔާމީން އެކަނި
އެމްއެންޔޫ އިން ވަނީ ބަހުސް ލައިވްކޮށްދޭން އެދިފައި
ރާއްޖެ ޓީވީން އުޅުނު ބަހުސް ކެންސަލް ކުރީ ރައީސް ޔާމީން ބައިވެރިވެވަޑައި ނުގަތުމުން

އެއްފަރާތުން ދައްކާ ވާހަކައަކީ ބަހުސެއް ކަމަށް ނުބެލެވޭތީ ދިވެހި ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ބާއްވާ ބަހުސް ނުދައްކަން ރާއްޖެ ޓީވީ. އިން ނންމައިފިއެވެ.

ރާއްޖޭގެ އެންމެ ގިނަ މީހުން ބަލާ ޓީވީ ޗެނަލް އިން މިހެން ބުނެފައި މިވަނީ، ދައުލަތުގެ ހުރިހާ ވަސީލަތެއް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެމްޕެއިނަށް ބޭނުން ކުރަމުންދާ ދަނޑިވަޅެއްގައި ދައުލަތުގެ މުއައްސަސާއަކުން ބާއްވާ ރިޔާސީ ބަހުސެއްގައި ބައިވެރިވުމުގެ ޝައުގު މިހާރު ނެތް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދުދީދީ ވިދާޅުވެފައި ވަނިކޮށް ރައީސް ޔާމީން އެކަނި ހިމަނައިގެން އެމްއެންޔޫއިން އެބަހުސް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނިކޮށެވެ.

 

ރާއްޖެ ޓީވީންވެސް ވަނީ ބަހުސެއް ބާއްވަން ނިންމައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ރަނިންގ މޭޓް ފައިސަލް ނަސީމުގެ އިތުރުން ރައީސް ޢަބްދުﷲ ޔާމީނަށާއި އެމަނިކުފާނުގެ ރަނިންގ މޭޓް ޑރ މުހައްމަދު ޝަހީމަށް ދައުވަތު ދެއްވާފައެވެ. ނަމަވެސް ވަގުތު ދެވެން ނެތްކަމަށް ބުނެ، ރާއްޖެޓީވީގެ ރިޔާސީ ބަހުސްގައި ބައިވެރިވެވެން ނެތްކަމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން، ޕީޕީއެމުން ވަނީ ބުނެފައެވެ. ރައީސް ޔާމީން ބައިވެރިވެވަޑައި ނުގަތުމުން ރާއްޖެ ޓީވީން ބާއްވަން އުޅުނު ބަހުސް ވަނީ ނުބާއްވަން ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް