ކ. މާލެ
|
15 ސެޕްޓެންބަރ 2018 | ހޮނިހިރު 22:16
ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)
ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)
މުހައްމަދު ޝަރުހާން
ސާފް ސުޒުކީ ކަޕް 2018
އިބޫގެ ސާބަސް ގައުމީ ޓީމަށް، އުއްމީދު ދިރުވައިފި
ފުޓްބޯޅަ ކުރިއެރުވުމަށް އިބޫ ގެންދަވަނީ ވައުދުތަކެއް ވެވަޑައިގަންނަވަމުން

ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ގައުމީ ޓީމުން ހޯދުމާއެކު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މަރުހަބާ ދަންނަވައިފިއެވެ. 

އިބޫ ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ގައުމީ ޓީމުން ރާއްޖެ ފަހުރުވެރި ކުރުވައިފި ކަމަށެވެ. ގައުމީ ޓީމުން އުއްމީދު ދިރުވައި އެންމެން އުފަލުން ފޮޅުވައިފިކަން ފާހަގަކުރަމުން އިބޫ ވަނީ ގައުމީ ޓީމަށް އައްސަރިބަހާއި ސާބަސް ދަންނަވާފައެވެ. 

ގައުމީ ޓީމަށް އިބޫ ސާބަސް ދަންނަވާފައިވާއިރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކެމްޕޭނުގެ ތެރެއިން އަންނަނީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ވައުދުތަކެއް ވަމުންނެވެ. އެގޮތުން ފުޓްބޯޅަ ދަނޑުތައް ފުރާލާނެ ކަމަށާއި ރާއްޖޭގެ ރަށްތަކުގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑުތަކެއް އެޅުއްވުމަށް އެމަނިކުފާނުގެ ކެމްޕޭނުގެ ތެރެއިން ވަނީ ވައުދުވެވަޑައިގެންފައެވެ. 

ރާއްޖޭގެ ގައުމީ ޓީމުން 10 އަހަރަށްފަހު ދެކުނު އޭޝިއާގެ ޗެމްޕިއަންކަން ހޯދީ ބަންގްލަދޭޝްގައި ކުޅުނު ފައިނަލްގައި 2-1 އިން އިންޑިއާ ބަލިކޮށްގެންނެވެ. މިއީ ރާއްޖެއިން ސަރަހައްދުގެ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް