ކ. މާލެ
|
15 ސެޕްޓެންބަރ 2018 | ހޮނިހިރު 18:18
ޑރ ޖަމީލު ރައީސް ޔާމިންއާއެކު
ޑރ ޖަމީލު ރައީސް ޔާމިންއާއެކު
ގޫގުލް
ރިޔާސީ އިންތިޚާބު 2018
ރައީސް ޔާމިންގެ ވެރިކަން ފެންނަނީ 100 އަހަރަށްވުރެ ބޮޑަށް މުސްކުޅި ވެފައިވާ ތަން: ޑރ ޖަމީލު
މިސަރުކާރަށް އެއްވެސް ބަޔަކު ޝައުގުވެރިކަމެއް ނެތް
މިސަރުކާރާއެކު ތިބީ ބާ ދަނގަޑުތަކެއް ފަދަ ބައެއް ކަމަށާއި، މުޅި އޮޑިން ފައިބަނީ ދަބަރު ކަމަށް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަސް އަހަރުގެ ވެރިކަން ރައްޔިތުންނަށް ފެންނަނީ 100 އަހަރަށްވުރެ ގިނަ ދުވަސްވެ، މުސްކުޅިވެފައިވާތަން ކަމަށް މިސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.

މިސަރުކާރަށް ފާޑު ވިދާޅުވެ ޑރ ޖަމީލު ކުރެއްވީ ޓްވީޓެއްގައި ވިދާޅުވީ މިސަރުކާރަށް އެއްވެސް ބަޔަކު ޝައުގުވެރިކަން ނެތް ކަމަށާއި، ރަނގަޅު އެކަކު ވެސް މި ސަރުކާރާއެކު ނެތް ކަމަށެވެ. އަދި އަމިއްލަ ބޭބެފުޅު ވެސް ދުރަށް ވަޑައިގެންފައިވާ ކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.

މިހާރު ރައީސް މައުމޫން ހައްޔަރުކޮށްފައިވާއިރު، ހުކުމެއް އިއްވާފައިވަނީ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހިންގި ތަހުގީގަކަށްފަހުއެވެ.

ޑރ ޖަމީލު ވިދާޅުވީ މިސަރުކާރުގެ ވެރިކަމުގައި ފެންނަނީ ވައްކަމާއި ބޮޑެތި ކިޔާނަތްކަމަށެވެ.

މިސަރުކާރާއެކު ތިބީ ބާ ދަނގަޑުތަކެއް ފަދަ ބައެއް ކަމަށާއި، މުޅި އޮޑިން ފައިބަނީ ދަބަރު ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމިންގެ ވެރިކަން ފަސް އަހަރު ތެރޭ ސަތޭކަ އަހަރަށްވުރެ މުސްކުޅިވެފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް