ކ. މާލެ
|
15 ސެޕްޓެންބަރ 2018 | ހޮނިހިރު 18:45
ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަވީދު ވާހަކަ ދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަވީދު ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
އައްޑޫގެ މެޖޯރިޓީ އާއި މައިނޯރިޓީގެ މިސާލު ބަހާއެކު ޝަވީދަށް ފާޑުކިޔުން!
މިސާލަކަށް ނެންގެވީ ފަލަސްތީނާއި އިޒްރޭލު
ފާޑުކިޔުން އަމާޒު ގަދަބާރުން ވެރިގަތް ބަޔަކު މެޖޯރިޓީގެ ގޮތުގައި ސިފަ ކުރުމުން

އައްޑޫގެ ސިޓީގެ މެޖޯރިޓީއާއި މައިނޯރިޓީއާ ގުޅޭގޮތުން ރައީސް ޔަމީންގެ އައްޑޫ ކެމްޕެއިން މެނޭޖަރ މުހައްމަދު ޝަވީދު ނެންގެވި މިސާލާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެއެވެ.

އައްޑޫ ލައިވް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ފުލުހުންނާއިއެކު ބޭއްވި ބައްދަލުވުމެއްގައި، އައްޑޫގައި ޕީޕީއެމްއަކީ މައިނޯރިޓީ ކަމަށް ޝަވީދު ވިދާޅުވެފައިވެއެވެ.

އެ ބައްދަލުވުމުގައި އައްޑޫގެ މެޖޯރިޓީއާ މައިނޯރިޓީ އާ ގުޅޭގޮތުން ޝަވީދު މިސާލު ނަންގަވާފައިވަނީ ފަލަސްތީނާއި އިޒްރޭލު މިސާލަު ދައްވަމުންނެވެ.

ޝަވީދު ވިދާޅުވެފައިވަނީ ފަލަސްޠީނާއި އިޒްރޭލަށް ބަލާއިރު ފަލަސްޠީނަކީ މައިނޯރިޓީ ކަމަށާއި ނަމަވެސް އެމީހުން ގާވެސް އުކާނެ ކަމަށެވެ.

" ފަލަސްތީނާއި އިޒްރޭލަށް ބަލާއިރު ފަލަސްޠީނަކީ މައިނޯރިޓީ، އެމީހުން ގާވެސް އުކާނެ، އަނެއްކޮޅުން މެޝިންގަން ހުންނައިރުވެސް" ޝަވީދު ވިދާޅުވިއެވެ.

ފަލަސްޠީނާއި އިޒްރޭލަށް ބަލާއިރު ފަލަސްޠީނަކީ މައިނޯރިޓީ ކަމަށް ޝަވީދު ވިދާޅުވާއިރު، އިޒްރޭލުގެ ޔަހޫދީންނަކީ ފަލަސްތީނުގެ މުސްލިމުންގެ ބިމަށް ގަދަކަމުން ވެރިގަނެގެން އުޅޭ ބަޔެކެވެ.

ފަލަސްތީނުގެ ބިމަށް ވެރިގަތުމަށްފަހު އިޒްރޭލުން އަންނަނީ ފަލަސްތީނުގެ އެތަކެއް ރައްޔިތުންނެއް ޝަހީދުކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ގެތައް ސުންނާފަތި ކުރަމުންނެވެ.

ޝަވީދަށް ފާޑުކިޔުން އަމާޒުވީ ފަލަސްތީނުގެ ބިމަށް ގަދަ ބާރުން އަރައިގެންގެން އުޅޭ އިޒްރޭލަކީ މެޖޯރިޓީގެ ގޮތުގައި ފާހަގަކުރުމުންނެވެ.

އެ ބައްދަލުވުމުގައި ޝަވީދު އިތުރަށް ވިދާޅުވެފައިވަނީ އެމްޑީޕީއަކީ އައްޑޫގެ މެޖޯރިޓީކަން ދަނެގެން މައިނޯރިޓީއަށް އިހްތިރާމް ކޮށްގެން ކެމްޕެއިން ކުރުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
15 ސެޕްޓެންބަރ 2018 | ހޮނިހިރު 12:11
ހ މ ޒ
ފަރެސްމާތޮޑާ އެއާޕޯޓް އަޅަން ބިން ހިއްކަން ފަށައިފި!
15 ސެޕްޓެންބަރ 2018 | ހޮނިހިރު 12:09
މިސާލު
ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ ދިވެހިރާއްޖެ އާއި އިންޑިއާ ވާދަކުރާ މެޗުގެ ކުރިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ޤައުމީ ޓީމަށް ހިތްވަރުދެއްވާ ކާމިޔާބު ހޯއްދެވުމަށް އެދިވަޑައިގެންފިއެވެ.