ކ. މާލެ
|
15 ސެޕްޓެންބަރ 2018 | ހޮނިހިރު 18:33
މެލޭޝިޔާގައި ބޭއްވި އެއްވުމުގައި ހަސަން ލަތީފް ވާހަކަދައްކަވަނީ
މެލޭޝިޔާގައި ބޭއްވި އެއްވުމުގައި ހަސަން ލަތީފް ވާހަކަދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ރާއްޖެ ތަރައްޤީކުރެވެން އަންނަނީ މިއަދުގެ ކިޔަވާ ކުދިން ނުކުމެ ޤައުމު ތަރައްޤީކުރުމުގައި ބައިވެރިވެގެން: ހަސަން ލަތީފް
ޒުވާނުންގެ ކުރިއެރުމަށް އެކަށީގެންވާ ފުރުސަތުތަކެއް ނެތް، ނަަމަވެސް އިބޫގެ ވެރިކަމެއްގައި އެކަން ބަދަލުވެގެންދާނެ

ރާއްޖެ ތަރައްޤީކުރެވެންް އަންނަނީ މިއަދުގެ ކިޔަވާކުދިން ނުކުމެ ޤައުމު ތަރައްޤީކުރުމުގައި ބައިވެރިވެގެން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ. 

މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ރާއްޖެ ތަރައްގީކުރަން ބޭނުންވަނީީ ފިތުރަތުގެ އުސޫލުންކަން ފާހަގަކުރައްވައި ހަސަން ލަތީފް ވިދާޅުވީ ރާއްޖެ ތަރައްޤީކުރަންޖެހޭނީ ގުދުރަތީ އުސުލުގެ ތެރެއިން ކަމަށެވެ. އަދި ރާއްޖެ، ސްވިޒަލެންޑަށް ނުވަތަ އެހެން ވެސް ޤައުމަކަށް ހެދިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ހަސަން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޖަޒީރާ ރާއްޖޭގެ ވާހަކަ ފާހަގަކުރުމުން ރާއްޖެ 1950 ގެ އަހަރުތަކުގެ ފަަހަތަށް ގެންދަން މަސައްކަތްކުރާ ކަމަށް ބުނާ ކަމަށާއި، ނަމަވެސް އެއީ ދޮގެއް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. 

އެ މޭރުމުން ވާހަކަ ކުރިއަށްގެންދަވައި ޖަޒީރާ ރާއްޖޭގެ ތަސައްވަރު ހިއްސާކުރައްވަމުން އޭނާ ވިދާޅުވީ އެބޭފުޅުން އައު އީޖާދުތަކާއި ޓެކްނޮލަޖީ ތައާރަފްކުރައްވާނެ ކަމަށެވެ. އަދި ރާއްޖެ ތަރައްޤީކުރައްވާނީ ފިތުރަތުގެ އުސޫލުން އުފެދިފައިވާ ގޮތަށް، ލާމަރުކަޒީ ފުރިހަމަ ނިޒާމެއްގެ ތެރެއިން ކަމަށް ހަސަން ވިދާޅުވިއެވެ. 

މެލޭޝިޔާގައި ިދވެހި ގިނަ ކުދިންތަކެއް ތައުލީމް ހާސިލްކުރަމުން އަންނަކަން ފާހަގަކުރައްވައި ހަސަން ލަތީފް ވިދާޅުވީ ޤައުމަށް އެންމެ ބޭނުން ވަނީ "ޒުވާން ވިސްނުމާއި، ޒުވާން ލެޔާއި، ޒުވާން ހުނަރު" ކަމަށެވެ. އަދި ރާއްޖެ ތަރައްޤީކުރެވެންް އަންނަނީ މިއަދުގެ ކިޔަވާކުދިން ނިކުމެ ޤައުމު ތަރައްޤީކުރުމުގައި ބައިވެރިވެގެން ކަމަށް އޭނާ ވިދާޅުވިއެވެ. 

"އެނގިވަޑައިގަންނަވާނެ ކިޔަވާ ކުދިންނަށް އަޅުގަނޑުމެންނަށް އެ ފުރުސަތު ފަހިކޮށްދެވޭނީ ކިޔަވާ ކުދިން އެ މަސައްކަތުގައި ޝާމިލްވާ ތިިބިއްޔާ، އަދި އެ ފުރުސަތު ބޭނުންކުރެވޭނެ މަގު ސަރުކަރުން ތަނަވަސްކޮށްދިނީމަ"

އެ މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ހަސަން ލަތީފް ވިދާޅުވީ އަދުގެ ސަރުކާރުން ޒުވާނުންގެ ކުރިއެރުމަށް ގިނަ ކަންތައްތަކެއް ނުކުރާ ކަމަށާއި، ނަމަވެސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމެއްގައި އެކަން ބަދަލުކުރައްވާނެ ކަމަށެވެ. އެގޮތުން ތައުލީމް ހާސިލްކުރުމަށް ފަހު ވަޒީފާ އަދާކުރުމަށް އަމިއްލަ ޤައުމަށްދާން ބޭނުންވާ ފަދަ ތަނަކަށް ރާއްޖެ ހައްދަވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. 

"އިރާދަކުރެއްވިޔާ ވަޒީފާ ހޯދައިދޭނެ ސަރުކާރަކަށް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަންވެެގެންދާނީ" 

ހަސަން ލަތީފްްގެ ވަހަކައިގައި ތަކުރާރުކޮށް ވަނީ އިންތިހާބު އިބްރާހިމް މުހައްމަދު ސޯލިހް ކަމިޔާބުކުރައްވާނެކަން ފާހަގަކުރައްވާފައެވެ. އަދި ޤައުމެއް އެއް ހާލަތުން އަނެއް ހާލަތަށް ބަދަލުވުމަށް ހިނދުކޮޅެއް އަންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވާ ވިދާޅުވުން ފަހަގަކޮށް ހަސަން ވދާޅުވީ މިހާރުގެ ހާލަތަކީ ވައްކަމާާއި އަނިޔާވެރިކަމާއި ކޮރަޕްޝަނާއި، އަދުލު އިންސާފު އެއްވެސް މިންވަރަކަށް ނެތް ހާލަތެއް ކަމަށެވެ. މިއީ އެ ހާލަތު ބަދަލުކުރަން ލިބިފައިވާ ހިނދިކޮޅު ކަން ފާހަގަކޮށް ހަސަން ވިދާޅުވީ މިއީ ރައްޔިތުން ބޭނުންވާ އުފާވެރި ދުވަސް ހޯދުމަށް ލިބޭ ހިނދުކޮޅު ކަމަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް