ކ. މާލެ
|
15 ސެޕްޓެންބަރ 2018 | ހޮނިހިރު 18:38
ހުކުރު ޚުތުބާ ޓްވީޓްކުރަން އިސްލާމިކް މިނިސްޓްރީން ބޭނުންކުރި ފޮޓޯ
ހުކުރު ޚުތުބާ ޓްވީޓްކުރަން އިސްލާމިކް މިނިސްޓްރީން ބޭނުންކުރި ފޮޓޯ
ރާއްޖެ އެމްވީ
ހުކުރު ޚުތުބާ
ވަލިއްޔުލް އަމުރަށް ހެޔޮ ތައުފީގު ދެއްވުމަށް ހުކުރު ހުތުބާގައި ދުޢާކޮށްފި
ދުޢާ ލިޔެފައި ވަނީ ކުރިއާ ތަފާތުކޮށް
'އަޅަމެންގެ ވަލީއުލްއަމްރު' މިގޮތަށް ކުރިން ނުލިޔޭ
ޚުތުބާ އިން ގިނަ ބަޔަކަށް ހައިރާންކަން ގެނުވި

ރާއްޖޭގެ މިސްކިތްތަކުގައި ހުކުރު ދުވަހުގެ (މިއަދު) ހުކުރު ނަމާދުގައި އިއްވި ޚުތުބާގައި ވެރިންނަށް ހެޔޮ މަގު ދެއްކެވުމަށް ދުޢާކުރާ އިބާރާތް ބަދަލުކޮށްފައިވާކަން ގިނަ ބައެއްގެ ސަމާލު ކަމަށް އަތުވެއްޖެއެވެ.

މީގެ ކުރިން އިއްވާ ހުކުރު ޚުތުބާތަކުގައި ވެރިންނަށް ހެޔޮމަގު ދެއްކެވުމަށް ދުޢާކުރާ އިބާރާތް ލިޔެފައި އޮންނަނީ "އިސްލާމްދީނާއި ދުނިޔޭގެ ކަންތައްތައް އިސްލާހުގެ މަގުން ހިންގެވުމަށް އިބަރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ "ވެރީންނަށް" ހިދާޔަތާއި ނަސްރާއި ތައުފީޤު ދެއްވާންދޭވެ" އެވެ.

ކުރިން ހުކުރު ޚުތުބާގައި ބޭނުން ކުރާ އިބާރާތުގެ ބަދަލުގައި ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ ހުކުރު ޚުތުބާގައި ވަނީ "އަޅަމެންގެ ވަލިއްޔުލްއަމްރު" މިގޮތަށް ލިޔެ ވަލިއްޔުލް އަމުރަށް ހެޔޮތައުފީގު ދެއްވުމަށް އެދި ދުޢާކޮށްފައެވެ.

ކުރީގެ ހުކުރު ޚުތުބާއެއްގެ ސްކްރީން ޝޮޓެއް

"ހައްދަވާ ބޮޑުކުރެއްވި އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ވަލިއްޔުލް އަމްރަށާއި އެންމެހާ މުސްލިމު ޤައުމުތަކުގެ ޙާކިމުންނަށް އިބަރަސްކަލާނގެ ރުހިވޮޑިގަންވާ ގޮތަށް ޢަމަލު ކުރުމުގެ ހެޔޮ ތަޢުފީޤް ދެއްވައި، އިބަރަސްކަލާނގެ ފޮތާއި އިބަރަސްކަލާނގެ ޝަރީއަތާ އެއްގޮތަށް އަމަލުކުރުމަށް މަގުތަނަވަސްކޮށް ދެއްވާނދޭވެ" ޚުތުބާގައި ވެއެވެ.

ހުކުރު ޚުތުބާގައި ސިހުރު ހެދުމާއި ސިހުރު ހެއްދުވުމާއި ސިހުރު ގަބޫލު ކުރުމުގެ ހުރި ނުބައިކަމުގެ މައްޗަށް އަލިއަޅުވާލާފައި ވެއެވެ. އަދި މިއީ މިފަހަކަށް އައިސް އެންމެ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ޚުތުބާކެވެ.

14 ސެޕްޓެމްބަރުގެ ހުކުރު ޚުތުބާގެ ސްރީން ޝޮޓެއް

މީގެ ކުރިން ސަރުކާރުން ހުކުރު ޚުތުބާ ސިޔާސީ ކުރަމުން އަންނަ ކަމަށް ބުނެ ގިނަ ބަޔަކު ގެންދިޔައީ ފާޑު ކިޔަމުންނެވެ. އަދި އިސްލާމިކް މިނިސްޓްރީ ހުކުރު ޚުތުބާ ސިޔާސީ ނުކުރުމަށް ވެސް ގޮވާލަމުންދިޔައެވެ.

ހުކުރު ޚުތުބާގައި ވެރިންނަށް ހެޔޮ ތައުފީގު ދެއްވުމަށް ދުޢާކުރުމަށް ޒަމާނުއްސުރެ އޮންނަ އިބާރާތް "އަޅަމެންގެ ވަލިއްޔުލް އަމުރަށާއި" މިގޮތަށް ބަދަލުކޮށްފައިވާއިރު، މިސަރުކާރަށް ސިހުރުގެ ތުހުމަތުތައް އަންނީ ކުރަމުންނެވެ.

މީގެ ކުރިން ހުކުރު ޚުތުބާ ލިޔުއްވާ ފަރާތް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން އެގެން އޮތް ނަމަވެސް ފަހުން ވަނީ އެކަން ހުއްޓާލާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
14 ސެޕްޓެންބަރ 2018 | ހުކުރު 17:55
ޑޮންޑޮން
ދެން ތި ދިޔައީ އިންތިޚާބުވެސް