ކ. މާލެ
|
15 ސެޕްޓެންބަރ 2018 | ހޮނިހިރު 17:34
މެލޭޝިއާގައި ބޭއްވި އެއްވުމުގައި ފައިސަލް ނަސީމް ބައިވެރިވެވަޑައިގެން
މެލޭޝިއާގައި ބޭއްވި އެއްވުމުގައި ފައިސަލް ނަސީމް ބައިވެރިވެވަޑައިގެން
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
މެލޭޝިއާއިން ފެނުނު މަންޒަރު މިފަހަރު ރާއްޖެއިން ފެންނާނެ: ފައިސަލް

ކޮރަޕްޝަނަށް އެއްވެސް ގައުމެއްގެ ރައްޔިތުން މަރުހަބާ ނުކިޔާނެ ކަމަށާއި، މެލޭޝިޔާއިން ފެނުނު މަންޒަރު މިފަހަރު ރާއްޖެއިން ފެންނާނެ ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.


ފައިސަލް މިހެން ވިދާޅުވީ މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ހުކުރު ދުވަހު އެގައުމުގައި ބޭއްވި ޚާއްސަ ބައްދަލުވުމުގައެވެ.

މެލޭޝިޔާގެ "ޕާކްރޯޔަލް" ހޮޓަލުގައި ބޭއްވި މިބައްދަލުވުމުގައި ފައިސަލް ވިދާޅުވީ މިއީ އަނބުރާ ލިބޭނެ ވަގުތެއް ނޫން ކަމަށާއި ގައުމުގެ ހާލަތާމެދު ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ. ޚާއްސަކޮށް މިފަހަރުގެ އިންތިޚާބުގައި އަލަށް ވޯޓުލެވޭ 24،000 ޒުވާނުން ތިބިކަން ފާހަގަކުރައްވައި ވިދާޅުވީ އެޒުވާނުން ގައުމާ މެދު ވިސްނަންޖެހޭ ކަމަށެވެ. ހަމަހަމަކަމާއި އިންސާފު ގާއިމުވެފައިވާ ޖަޒީރާ ރާއްޖެއެއް ހޯދޭނީ އޭރުން ކަމަށް ފައިސަލް ވިދާޅުވިއެވެ.

"ތިޔަ ކުދިންނަކީ މާދަމާގެ މުސްތަގުބަލް. އަޅުގަނޑުމެންގެ ސިޔާސަތަކީ ތައުލީމީ ޒުވާނުން ގައުމުގެ ކަންކަމާ ހަވާލުވެ މަސައްކަތް ކުރުން. އިބޫގެ ސަރުކާރެއްގައި އެހުރިހާ ފުރުސަތެއް އޮންނާނީ ވަކި ކުލައަކަށް ވަކި އާއިލާއަކަށް ނުބަލައި ގާބިލް ކަމަށް ބަލައިގެން. މިއަދުގެ ސަރުކާރުން ފުރުސަތުތައް ދިނުމުގައި އޮތީ ހަމަހަކޮށް.މައިންބަފައިންނާއި ބެލެނިވެރިން ކުރައްވާ މަސައްކަތް ބޭކާރުވެގެން ނުދާނެ. މިއަދު ތިޔަ ކުރައްވާ އުންމީދުތައް ހާސިލްކުރެވޭނެ ހުރިހާ ދޮރުތައް ހުޅުވައިދޭނަން" 

މީގެ އިތުރަށް ފައިސަލް ވިދާޅުވީ ގައުމު މިއަދު ދެކެމުންދަނީ ދުވަހަކުވެސް ނުދެކޭހާ އަނދިރި ދުވަސްތަކެއް ކަމަށާއި އިންތިހާ ދަރަޖައި ކޮރަޕްޝަނުން ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަކީ ހުރިހާ ރައްޔިތުންގެ ޒިންމާއެއް ކަމަށެވެ. އެކުވެރި އެއްބައެއްގެ ގޮތުގައި ދެމިތިބެންޖެހޭ ކަމަށާއި ނަމަވެސް މިއަދުގެ ސަރުކާރުން ކަންކުރަނީ ފިތުނަފަސާދަ އުފެދޭ ގޮތަށް ކަމަށެވެ.

"ރާއްޖޭގައި ހިނގާފައިވާ ވަރަށް މެލޭޝިޔާގައި ވެސް ނިސްބަތުން ކޮރަޕްޝަން ހިނގާފައި ނެތް. މެލޭޝިޔާގެ އިންތިޚާބު ދުވަސްވަރު ދިވެހިންވެސް ދިޔައީ ވަރަށް ގާތުން ބަލަމުން. އިންތިހާ ދަރަޖައިގެ ކޮރަޕްޝަނަށް ކޮން ގައުމަކުންތޯ މަރުހަބާ ކިޔާނީ. އޭގެ އަލިގަދަ ހެއްކެއް މެލޭޝިޔާއިން ފެނުނީ. ހުރިހާ ރައްޔިތުންނަށް މިގޮވާލަނީ މިކަމާ ވިސްނުމަށް" 

ދަރަނިވެރިވާ ގޮތަށް މަޝްރޫތައް ހިންގިދާނެ ކަމަށާއި ނަމަވެސް އެކަން ކުރެވެނީ ދެކޮޅު ޖެހޭ ގޮތަށްތޯ ބަލަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ. ކޮރަޕްޝަން އިންތިހާއަށް އިތުރުވެ މިއަދު ފެންނަމުން ދަނީ ކުރާ ކޮންމެ ޕްރޮޖެކްޓަކާއެކު ހިޔާނާތުގެ ކަންކަން ކަމަށް ފައިސަލް ވިދާޅުވި އެވެ. އެމަނިކުފަނު ވިދާޅުވީ ރާއްޖޭގެ ތާރީހުގައިވެސް ނުހިންގާފަދަ ކޮރަޕްޝަންގެ އަމަލުތައް މިސަރުކާރުން ހިންގާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ތަރައްގީ ދަނީ ދާންޖެހޭ ސްޕީޑުގައި ނޫން ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް