ކ. މާލެ
|
14 ސެޕްޓެންބަރ 2018 | ހުކުރު 17:41
ަހެންވޭރު އިތުރުދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު
ަހެންވޭރު އިތުރުދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ސެޕްޓެމްބަރު 23 ގައި ލާ ވޯޓު އޮޅުވާލަން ފުރުސަތު ނުދޭނަން: ޝާހިދު
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަފުތައް އޮތީ ވަރުގަދަކޮށް ކަމަށް ވިދާޅުވި
ރައީސް ޔާމީންގެ އޮޑި އޮތީ ފަރަށް އަރާފައި ކަމަށް ވިދާޅުވި

ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލަން ފުރުސަތު ނުދޭނެ ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އދ. މާމިގިލީ ގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މިގައުމުގެ ދިފާއުގައި ހުރިހާ ރައްޔިތުން ނިކުންނަންވީ ކަމަށާއި ކަނޑުތަކާއި ކަނޑުއޮޅި ތަކުން ހިނގާ އޮޔާ ވައި ހިނގަނިކޮށް، ހަށިގަނޑުގައި ހިނގަމުންދާ ދިވެހި ވަންތަކަމުގެ ލޭ ދައުރުވަމުން ދަނިކޮށް އަދި ހިތުގައި ޖަހަމުންދާ ގައުމީ ވިންދު ޖަހަމުން ދާހާ ހިނދަކު އެއްވެސް ބަޔަކަށް 23 ވަނަ ދުވަހު ލާ ވޯޓު ހަރާބު ކޮށްލުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަފުތައް އޮތީ ވަރުގަދަކޮށް ކަމަށާއި ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އެންމެ ދެކުނަށް އެންމެން އެކުގައި އަތާއަތް ގުޅާލައިގެން ތެދުވެ ކަމަށެވެ.

ނަމަވެސް ރައީސް ޔާމީންގެ އޮޑި އޮތީ ފަރަށް އަރާފައި ކަމަށާއި މަޑުލަކުން މަޑުލަކުން އެ އޮޑި ދަނީ ރޫޅެމުން ދިޔަވަމުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެ އޮޑިގަނޑުގެ ފަށަން ބިންދައިގެން ގޮސްފައިވާ ކަމަށާއި ބަނޑުފިލާގަނޑު އޮތީ ހަލާކުވެ ގޮސްފައި ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މަޅުފިލާފޮއްޗެއް ލިބުނަސް އެ އޮޑިން ކޮންމެ މީހަކުވެސް ދަނީ ފުންމާލައިގެން ފިލަން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އަރިހުގައި މިހާރު ހުރި އެއްވެސް މީހަކީ ތެދުވެރި ވަފާތެރިއެއް ނޫން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އަދި ރައީސް ޔާމީން ވެރިކަމަށް ގެންނަން މަސައްކަތް ކޮށްފި ކޮންމެ މީހަކަށް ލިބޭ އިނާމަކީ ޖަލުގެ ކުޑަ ގޮޅިކަން ކޮންމެ ދިވެއްސަކަށް ވެސް އިނގޭ ކަމަށާއި 23 ސެޕްޓެމްބަރުގެ ކުރިން އަރިހުގައި ތިބި އެންމެން އިދިކޮޅު ފަރާތްތަކާއި ގުޅޭނެ ކަމަށެވެ.

23 ވަނަ ދުވަހު އިންސާފުގެ މަގަށް ދިވެހިރާއްޖެ ވާސިލް ކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް