ކ. މާލެ
|
14 ސެޕްޓެންބަރ 2018 | ހުކުރު 06:55
މާމިގިލީގައި ބޭއްވި ޖަލްސާގެ ތެރެއިން
މާމިގިލީގައި ބޭއްވި ޖަލްސާގެ ތެރެއިން
ރާއްޖެ އެމްވީ
ރިޔާސި އިންތިޚާބު 2018
އިބޫއަށް އެންމެ ގިނަ ވޯޓު ލިބޭނީ މާމިގިލިން: ގާސިމް
މާމިގިލީ ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވި

ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ރާއްޖެއިން އެންމެ ގިނަ ވޯޓު ލިބިގެންދާނީ އދ. މާމިގިލިން ކަމަށް، އެ ރަށަށް ނިސްބަތްވާ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.  

ގުޅިފައިވާ ޕާޓީތަކުން ބުރާސްފަތި ދުވަހުގެ ރޭ މާމިގިލީގައި ބޭއްވި ޖަލްސާގައި، ޖަރުމަނުވިލާތުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި ގާސިމް ވިދާޅުވީ އިބޫއަށް ވޯޓުލާން ޖެހެނީ އަނިޔާވެރިކަމާއި ފިތުނަ އާއި ކޮރަޕްޝަނުން ސަލާމަތްވުމަށް ކަމަށެވެ. އިބޫއަށް ވޯޓުލާން ރައްޔިތުން ތިބީ ތައްޔާރަށް ކަމަށް ގާސިމް ވިދާޅުވި އެވެ.   

މާމިގިލީގައި ބޭްއްވި ޖަލްސާގެ ތެރެއިން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮރަޕްޝަން އޮތް މިންވަރު ހާމަކުރެއްވުމުގެ ގޮތުން ގާސިމް ވިދާޅުވީ އަގުބޮޑެތި މަޝްރޫއުތައް ހިންގަމުންދަނީ ދެފުށްފެންނަ ގޮތައް ނޫން ކޮރަޕްޝަނުގެ އަމަލުތަކަށް ވެސް ރައީސް އަބްދުﷲ ޔާމިން އަމިއްލަފުޅަށް އިއުތިރާފުވަމުންދާ ކަމަށެވެ. ނަމަވެސް އެ މައްސަލަތައް ނުބެލޭ ކަމަށް، މިހާރު އަމަލުކުރާ ގާނޫނު އަސާސީ ލިޔުނު ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި ގާސިމް ވިދާޅުވި އެވެ. 

އިންތިހަބާ ދިމާކޮށް އައިޑެންޓިޓީ ކާޑު ގަތުމާއި އެހެނިހެން ކަންކަން ހިންގަމުން ދިޔަ ނަމަވެސް އެކަން ކަމަށް އިޖާބަނުދިނުމަށް ގާސިމް ގޮވާލެއްވި އެވެ. ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަކީ ވެރިމީހާގެ ހެޔޮކަމުން ކޮށްދޭ ކަމެއް ނޫން ކަމަށާއި ހެޔޮކަމުން ކޮށްދޭ ކަމަކަށްވާނީ އަމިއްލަ ފައިސާއިން ކޮށްދޭ ކަންތައް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

މާމިގިލީގައި ވެސް ބަނދަރެއް ހެދީމާ ފެންސް ޖަހާ ދިނުމަކީ ކާޅު ހާލި ހެދީމާ ކޮވެލި ބިސްއެޅުން ކަހަލަ ކަމެއް ކަމަށް ވެސް ގާސިމް ސިފަ ކުރެއްވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް