ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އއ. ރަސްދޫއަށް ވަޑައިގަންނަވާކަން އެރަށުގެ ރައްޔިތުންނަށް ޔަގީންވީ ބުދަ ދުވަހުގެ ރޭ ދަންވެފައި ހުއްޓަ އެވެ. ނަމަވެސް ބުރާސްފަތި ދުވަހު އެރަށަށް އިބޫ ވަޑައިގެންނެވިއިރު، މަރުޚަބާ ކުރަން ތައްޔާރުކޮށްފައިވާލެއް ފުރިހަމަކަމުން އެއީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޮށްފައިވާ ކަމެއް ކަމަށް ގަބޫލެއް ނުކުރާނެ އެވެ.
ބުދަ ދުވަހުގެ ރޭ ދަންވަރު ނުކުމެ ގިޑިގެ ނިންމި އެވެ.
އިބޫ ރައްޔިތުންނާ ބައްދަލުކުރަން ހަމަޖެހިފައިވާ ތަން ތައްޔާރުކޮށް ނިންމީ ބުރާސްފަތި ދުވަހު ހެނދުނު އެވެ. އެތަން ތައްޔާރުކުރުމަށް ހޭދަވީ ދެ ގަޑިއިރެ އެވެ. ނަމަވެސް ބަލާ ބެލުމަށް ހީވަނީ ހަފްތާއެއްގެ މަސައްކަތް ހެނެވެ. ކޯލިޝަނަށް ތާއިދުކުރާ ފަރާތްތަކާ ބައްދަލު ކުރުމަށް ހަމަ ޖެހިފައިވާތަން އޮތީ ދޮންވެލިލައި ވަރަށް ފުރިހަމައަށް ތައްޔާރު ކޮށްފަ އެވެ.
މިއީ ކެމްޕެއިންގެ ފޯރި އަދި އިބޫއަށް ކުރާ ތާއީދު ދައްކައިދޭ ފުރިހަމަ މިސާލެކެވެ. ޒުވާނުންނާއި ހަރު މީހުން ނުކުމެ ޒީނަތްތެރިކުރިލެއް ފުރިހަމަ އެވެ. ދެން އެ ރަށުން އެމަނިކުފާނަށް މަރުހަބާ ކިޔަން ނިކުން މީހުންގެ އަދަދު ފެނުންމުން އަދި މާ ބޮޑަށް އެކަން ޔަގީންވިއެވެ.