ކ. މާލެ
|
13 ސެޕްޓެންބަރ 2018 | ބުރާސްފަތި 13:37
ގާނޫނީ ވަކީލު ހުސައިން ޝަމީމު: މިއަދު ޑީޖޭއޭއިން ނިކުމެވަޑައިގަންނަވަނީ
ގާނޫނީ ވަކީލު ހުސައިން ޝަމީމު: މިއަދު ޑީޖޭއޭއިން ނިކުމެވަޑައިގަންނަވަނީ
މުހައްމަދު ޝަރުހާން
ގާނޫނީ ވަކީލު ހުސައިން ޝަމީމް
ގާނޫނީ ވަކީލު ޝަމީމު ޑީޖޭއޭއަށް ހާޒިރު ކުރުން: ތިޔަ ސުވާލު ކުރިމަތި ކުރައްވާ ޑީޖޭއޭ އާ: ޝަމީމު
ޝަމީމު ހާޒިރު ކުރީ ޓްވީޓެއްގެ މައްސަލާގައި
މިހާތަނަށް ދެ ފަހަރެއްގެ މަތިން ސަސްޕެންޑް ކުރެވުނު
ފުރަތަމަ ސަސްޕެންޝަން އުވާލީ ދެއަހަރަށް ވުރެ ގިނަ ދުވަސް ފަހުން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ.)އަށް ހާޒިރު ކުރި ސަބަބު އެނގި ވަޑައިގަންނަވާނީ ޑީޖޭއޭ. އަށް ކަމަށާއި ސަބަބު އޮޅުން ފިލުވުމަށް ޑީޖޭއޭ. އާ ސުވާލު ކުރެއްވުމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމު ވިދާޅުވެއްޖެ އެވެ.

ޑީޖޭއޭއަށް ހާޒިރުވުމަށް ޝަމީމަށް އަންގާފައި ވަނީ ބުރާސްފަތި ދުވަހުގެ 11:00 އަށެވެ. ޑީޖޭއޭ. އަށް ހާޒިރުވެ ވަޑައިގަތުމަށްފަހު، ނިކުމެވަޑައިގެންނެވުމުން "ރާއްޖެއެމްވީ" އިން ކުރި ސުވާލުގެ ސީދާ ޖަވާބު ލިބޭނީ ޑީޖޭއޭއަށް ކަމަށް ވިދާޅުވިއެވެ. އަދި އެއްވެސް ބަޔާނެއް ނެގިތޯ ސުވާލު ކުރުމުން ޝަމީމު ވިދާޅުވީ މާބޮޑު ކަމެއް ނުހިނގާ ކަމަށާއި ސުވާލުތަކެއް ކުރިމަތި ކުރުމަށްފަހު ބަޔާނެއް ނެންގެވި ކަމަށެވެ. 

އެނގިފައިވާ ގޮތުގައި ޝަމީމު ޑީޖޭއޭއަށް ހާޒިރު ކޮށްފައި ވަނީ އޭނާގެ ޓްވީޓަރ އެކައުންޓުން ކުރި ޓްވީޓަކާ ގުޅިގެންނެވެ. 

ޝަމީމަކީ މިފަހުގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ސުޕްރީމް ކޯޓުން ސަސްޕެންޑް ކުރި ވަކީލެވެ. އެގޮތުން މިހާތަނަށް ދެ ފަހަރެއްގެ މަތިން އޭނާ ސަސްޕެންޑް ކޮށްފައިވާއިރު، އެންމެ ފުރަތަމަ ފަހަރު ސަސްޕެންޑް ކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރުގައެވެ. އޭގެ ފަހުން ސަސްޕެންޝަން އުވާލައި ހުއްދަ ދިނީ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން މިއަހަރުގެ ޖެނުއަރީގައެވެ.

އޭގެ ފަހުން މިއަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު ވެސް އޭނާ ސަސްޕެންޑް ކުރިއިރު، އަނބުރާ ހުއްދަ ދީފައި ވަނީ ޖުލައި މަހުގައެވެ.

ޝަމީމް މަތީ ތައުލީމް ހާސިލް ކުރެއްވީ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއިންނެވެ. އަދި މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަކީ ޝަމީމާއެކު ކިޔަވާ ވިދާޅުވާން މިޞްރުގައި އުޅުއްވި ބޭފުޅެކެވެ.

މީގެއިތުރުން ޝަމީމަކީ މިހާރު އަމަލު ކުރަމުންދާ ގާނޫނުލްއުގޫބާތަށް އެންމެ ފަރިތަ އެއް ގާނޫނީ ވަކީލެވެ. ޝަމީމު ވަނީ ގާނޫނުލްއުގޫބާތަށް އަމަލު ކުރަން ފެށުމުގެ ކުރިންނާއި ފަހުންވެސް އެ ގާނޫނަށް ކަމާބެހޭ އިދާރާތަކުގެ މުވައްޒަފުން އަހުލުވެރި ކުރުވުމުގެ މަސައްކަތްތަކެއް ކުރައްވާފަ އެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް