ކ. މާލެ
|
13 ސެޕްޓެންބަރ 2018 | ބުރާސްފަތި 12:16
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
ރާއްޖެއެމްވީ
އިދިކޮޅު ކޯޅިޝަންގެ ބަޔާން
ރައީސް ޔާމީން އެޅުއްވި ފްލެޓެއް ނުހުންނާނެ: އިންތި
ދީފައި ހުރީ އެމްޑީޕީ ސަރުކާރުގައި އަމަލީ ގޮތުން މަސައްކަތް ފެށުނު ފްލެޓްތައް
ގޯތި ދޭން މިހާރު ބުނުމަކީ އިންތިހާބަށް ނުފޫޒު ފޯރުވުން

ރައީސް ޔާމީން އެޅުއްވި އެއްވެސް ފްލެޓެއް އަދި ނެތް ކަމަށް މާފަންނު އުތުރުދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިމްތިޔާޒް ވިދާޅުވީ ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު މިހާތަނަށް އެ މަނިކުފާނުގެ ސަރުކާރަށް އެޅުނު އެއްވެސް ފްލެޓެއް ނުހުންނާނެ ކަމަށާއި، އެ މަނިކުފާނުގެ ސަރުކާރުގައި ބަހަމުންދަނީއެމްޑީޕީގެ ސަރުކާރުގައި މަސައްކަތް ފެށި ފްލެޓްތައް ކަމަށެވެ.

އިންތި ވިދާޅުވީ މާލެ އާއި މުޅި ރާއްޖޭގައި ހުންނާނީ އެމްޑީޕީގެ ސަރުކާރުން ފައިނޭންސް ހޯދައި މަސައްކަތް ފަށާފައިވާ ޕްރޮޖެކްޓްތައް ކަމަށެވެ. އެމްޑީޕީގެ ސަރުކާރުން އެޅި ފްލެޓްތައް ވެސް އެ ރައީސް ޔާމީނަށް އުޅުއްވަނީ އިންސާފުވެރިކަމާ އެކު ދޫނުކުރެވިގެން ކަމަށާއި، އެފަދަ ބޭފުޅަކު މިއަދު ރާއްޖޭގެ ރަށްރަށަށް ވަޑައިގެން ގޯތި ދޫކުރައްވާނެ ކަމަށް ވިދާޅުވިޔަސް މިއަދު ދިވެހި ރައްޔިތުން ހައްލާނުލެވޭނެ ކަމަށް އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ރައީސް ޔާމީނަށް މިއަދު ދިވެހިރައްޔިތުން ވަރަށް ބޮޑަށް ތަންދޮރިފިލާފައިވާ ކަމަށެވެ. އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވާއިރު ރައީސް ޔާމީން ރަށްރަށަށް ވަޑައިގެން ގޯތި ދޫކުރެއްވުމުގެ ކަންތައްތައް އިއުލާންކުރައްވަމުން ގެންދަވާތީ އެކަމަށް އިޝަރާތް ކުރައްވަމުން އިންތި ވިދާޅުވީ މިހާތަނަށް އައިރު ވެސް ފްލެޓް ވެސް ދޫނުކުރެވުނު ބޭފުޅަކު ގޯތި ދޫކުރާ ވާހަކަ ދެއްކެވުމަކީ އިންތިޚާބަށް ނުފޫޒު ފޯރުވުން ކަމަށެވެ. އަދި ރައީސް ޔާމީނަކީ އެއްވެސް ސިޔާސަތެއް އޮތް ބޭފުޅެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. 

"އިންތިޚާބަށް މިހާތަނަށް އައީމަ އެއީ ނުފޫޒު ފޯރުވުމުގެ އަމަލުތައް ކަމަށް ދުނިޔޭގެ ހަމަތަކުން ބަލާއިރު. ފަހު ވަގުތުގައި ގޮސް ވެރިއަކަށް ހުންނަ މީހާ އޭނާގެ ދައުލަތުގެ ހުރިހާ ބާރުތަކާއި އެކުގައި ރަށްރަށަށް ގޮސް ތިމަންނަ މިހެން މިހެން ހަދާނަމޭމ ނޫނިއްޔާމު ފަހު ވަގުތުގައި ހުރިހާ ރަށްރަށަށް ދޫކުރަންޖެހޭ އެއްޗެހި ދޫކޮށްފައި މިފަދަ ކަންތައް ކުރުމަކީ އިންތިޚާބަށް ނުފޫޒު ފޯރުވުން،" އިންތި ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް 10 ދުވަހަށް ވެފައިވާއިރު ރައީސް ޔާމީން ރަށްރަށަށް ވަޑައިގެން އެ ރަށްތަކުން ގޯތި ދޫކުރުމަށް ކައުންސިލްތަކަށް އަންގާފައިވާ ކަމަށް ވިދާޅުވަމުން ގެންދަވާއިރު، މީގެ ކުރިން ކައުންސިލްތަކުން ގޯތި ދޫކުރަން ފެށުމުން ހައުސިން މިނިސްޓްރީއިން އެކަން ހުއްޓުމަކަށް ގެނެސްފައިވާތީ ކައުންސިލްތަކުން ސިފަކުރަނީ އެއީ ވޯޓް ހޯދުމަށް ސަރުކާރުން ވާ ދޮގު ވައުދެއްގެ ގޮތުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
13 ސެޕްޓެންބަރ 2018 | ބުރާސްފަތި 16:44
haha
its true