ކ. މާލެ
|
13 ސެޕްޓެންބަރ 2018 | ބުރާސްފަތި 12:25
ހުޅުމާލެ މަތިން ނަގާފައިވާ މަންޒަރެއް
ހުޅުމާލެ މަތިން ނަގާފައިވާ މަންޒަރެއް
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ވައްކަމާއި ފޭރުން
އެންސިސް އިން ފޭރުނު މައްސަލާގައި އިތުރު ދެމީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ހައްޔަރުކޮށްފައި ވަނީ އަންހެނަކާއި ފިރިހެނެއް

ރާއްޖޭގައި ފުޅާދާއިރާއެއްގައި މަހުގެ ވިޔަފާރި ކުރަމުންދާ ކުންފުންޏެއް ކަމުގައިވާ އެންސިސްގެ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފައިވާ މައްސަލާގައި އިތުރު ދެމީހަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި ހުޅުމާލެ އިން ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ފިރިހެނަކާއި، 25 އަހަރުގެ އަންހެނެކެއެވެ. މި ދެމީހުންނަށް ވެސް ވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައެވެ.

މި މައްސަލަ އާއި ގުޅިގެން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ 4 މީހުންނެއެވެ. އެންސިސްގެ 2.7 މިލިއަން ރުފިޔާ ފޭރިގެންފައިވާ މައްސަލާގައި މީގެކުރިން ހަ މީހަކު ހައްޔަރުކޮށްފައިވާ އިރު ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި އެންސިސްގެ ދެ މުވައްޒަފަކު ހިމެނެއެވެ.

މިހާދިސާ ހިނގީ ހުޅުމާލޭގެ ސެންޓްރޯ މޯލްގައި ހިންގާ މޮރިޝަސް ބޭންކުގެ ބްރާންޗުން ފައިސާ ނަގައިގެން އެންސިސްގެ މުވައްޒަފުން ވެހިކަލަށް އަރަން ދިޔަ ވަގުތުގައެވެ.

މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު މި ފައިސާތައް ފޭރިގެންފައި ވަނީ ސައިކަލެއްގައި ދިޔަ ބައެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް