ކ. މާލެ
|
13 ސެޕްޓެންބަރ 2018 | ބުރާސްފަތި 19:28
ކޮމް ޝޮޕްގައި އަލިފާން ރޯވެފައި
ކޮމް ޝޮޕްގައި އަލިފާން ރޯވެފައި
ރާއްޖެއެމްވީ
އަލިފާން ރޯވުން
ޗާންދަނީމަގުގެ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އަލިފާން ރޯވެފައި ހުރީ ފިހާރައިގައި ހުރި ކަރުދާސް ފައިލް ތަކެއްގައި

ޗާންދަނީ މަގުގައި ހުންނަ އިލެކްޓްރޯނިކް ސާމާނު ވިއްކާ "ކޮމް ޝޮޕް"ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީގައި ހުންނަ މި ފިހާރައިގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވަނީ މެންދަމު 3:22 ގައި ކަމަށެވެ. އަދި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ޓީމްގެ މަސައްކަތުން އަލިފާން ނިއްވާލާފައި ވަނީ 3:28 ގައި ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ނިއްވާލީ ފެންޖަހައިގެން ކަމަށާއި، ރޯވެފައި ހުރީ ފިހާރައިގައި ހުރި ކަރުދާސް ފައިލް ތަކެއްގައި ކަމަށެވެ.

އަލިފާން ރޯވާން މެދުވެރި ސަބަބު އެމްއެންޑީއެފުން ހާމަކޮށްފައިނުވާއިރު، މިފިހާރައަށް ލިބުނު ގެއްލުމުގެ ތަފްސީލު ވަނީ ލިބޭ ގޮތް ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް