ކ. މާލެ
|
13 ސެޕްޓެންބަރ 2018 | ބުރާސްފަތި 07:51
ރެހެންދި ސްކޫލުގެ މުވައްޒަފުން އިބޫއާ އެކު
ރެހެންދި ސްކޫލުގެ މުވައްޒަފުން އިބޫއާ އެކު
ޓްވިޓަރ
ރިޔާސީ އިންތިޚާބު 2018
ރެހެންދި ސްކޫލުގެ ގިނަ އަދަދެއްގެ ޓީޗަރުން އިބޫއަށް ތާއީދުކޮށްފި
ރެހެންދި ސްކޫލުން އިބޫއަށް ތާއީދުކުރާ ކަން ހާމަކުރި މުވައްޒަފުންގެ ތެރޭގައި އިދާރީ މުވައްޒަފުން ވެސް ހިމެނޭ

ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ރެހެންދި ސްކޫލުގެ ގިނަ ޓީޗަރުންތަކެއް ތާއީދު ކުރުމަށް ނިންމައިފިއެވެ.

އެމްޑީޕީން ބުނީ ހުޅުމާލެގެ ރެހެންދި ސްކޫލުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ބުދަ ދުވަހުގެ ރޭ އިބޫއާ ބައްދަލުކޮށްފައިވާ ކަމަށާއި، އެމަނިކުފާނަށް ތާއީދު ކުރާކަން ހާމަކޮށްފައިވާ ކަމަށެވެ.

މީގެ ތެރޭގައި ރެހެންދި ސުކޫލުގެ ޓީޗަރުންނާއި އިދާރީ މުވައްޒަފުން ހިމެނޭ ކަމަށް އެމްޑީޕީން ބުންޏެވެ.

ރެހެންދި ސްކޫލުގެ ގިނަ އަދަދެއްގެ މުވައްޒަފުން އިބޫއަށް ތާއީދުކުރާ ކަން ހާމަކޮށްފައިވާއިރު މި މަހުގެ ކުރީކޮޅު މާލޭގެ އިސްކަންދަރު ސްކޫލްގެ ވިއްސަށް ވުރެ ގިނަ ޓީޗަރުން އިބޫއަށް ތާއީދު ކުރާކަން ވަނީ ހާމަކޮށްފައެވެ.

ގިނަ އަދަދެއްގެ ސިވިލް މުވައްޒަފުން އިބޫއަށް ތާއީދު ކުރާކަން ހާމަކުރަމުން މިދަނީ ވަޒީފާގެ ބިރަށް ނުތިބެ، އިސްލާހީ ހަރަކާތާއި ގުޅި، ބަދަލެއް ގެނައުމަށް މަސައްކަތް ކުރުމަށް އިބޫ އާއި އެމަނިކުފާނުގެ ރަނިންގ މޭޓް ފައިސަލް ނަސީމް ގޮވާލައްވާފައި ވަނިކޮށެވެ. މީގެ އިތުރުން ކެމްޕެއިން ދަތުރުތަކުގައި އެހެން ބައެއް ރަށްރަށުން ވެސް ޓީޗަރުންނާއި އެހެނިހެން ސިވިލް ސަރވަންޓުން ވަނީ އިބޫ އާއި ފައިސަލްއާ ބައްދަލުކޮށް، އެ ދެ ބޭފުޅުންނަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.

ކޯލިޝަނުން ބުނެފައި ވަނީ އިދިކޮޅު ފަރާތްތަކަށް ތާއީދުކޮށްގެން ވަޒީފާ އިން ވަކިކުރާ މުވައްޒަފުންނަށް އަލުން ވަޒީފާ ދޭނެ ކަމަށާއި، ވަޒީފާ އެހެން ތަނަކަށް ބަދަލުކޮށްފި ނަމަ، އަލުން ކުރިން އޮތް ގޮތަށް ވަޒީފާ ބަދަލުކޮށްދޭނެ ކަމަށެވެ. އިބޫ އަށް ތާއީދުކުރާކަން ހާމަކުރާ މުވައްޒަފުންނާ މެދު ކުންފުނިތަކުން ދަނީ ފިޔަވަޅު އަޅަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
13 ސެޕްޓެންބަރ 2018 | ބުރާސްފަތި 03:34
Shiyam
އަވާމެންދުރު