ކ. މާލެ
|
13 ސެޕްޓެންބަރ 2018 | ބުރާސްފަތި 07:59
އިބޫ ސޯލިހް
އިބޫ ސޯލިހް
މުހައްމަދު ޝަރުހާން
އިބޫ ސޯލިހް
މުވައްޒަފުން ވަޒީފާއިން ވަކިކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނަން: އިބޫ
ބިރު ދައްކައި ވަޒީފާއިން ވަކިކުރާ ފަރާތްތައް އިންސާފުގެ ކުރިމައްްޗަށް ގެންނާނެ ކަމަށް ވިދާޅުވި

މުވައްޒަފުން ވަޒީފާއިން ވަކިކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބުދަ ދުވަހު އެ އަތޮޅު މިލަންދޫ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އިބޫ ވިދާޅުވީ، މި ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް އިއްތިހާދެއްގެ ވެރިކަމުގައި ވަޒީފާ ދޭނެ ކަމަށާއި ލިބުނު ގެއްްލުމުގެ ބަދަލު ދޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އިބޫ ވިދާޅުވީ ވަޒީފާގެ ބިރަށް ނުތިއްބަވައި، މި އަނިޔާވެރިކަން ނިންމަން ހުރިހާ ރައްޔިތުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"މިއީ ގައުމީ މަސައްކަތެއް، ހުރިހާ ބޭފުޅުން ވެސް ނިކުންނަވަންވީ، ނިކުމެވަޑައިގެން ވަޒީފާ ގެއްލޭ ކޮންމެ މީހަކަށް އަނބުރާ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގައި، އެ ވަޒީފާ އަނބުރާ ލިބޭނެ،" އިބޫ ވިދާޅުވިއެވެ.

އަންގާރަ ދުވަހުގެ ރޭ ށ. އަތޮޅުގައި ބޭއްވި ޖަލްސާގައި ވާހަކަ ދެއްކި ފެނަކައިގެ މުވައްޒަފު މުހައްމަދު ޝިޔާމު ބުދަ ދުވަހު ވަޒީފާއިން ވަކިކުރިކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ނާއިންސާފުން މުވައްޒަފުންނަށް ބިރު ދައްކައި ވަޒީފާއިން ވަކިކުރާ ފަރާތްތައް އިންސާފުގެ ކުރިމައްްޗަށް ގެންނާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް