ކ. މާލެ
|
12 ސެޕްޓެންބަރ 2018 | ބުދަ 21:52
ބ. މާޅޮހުގައި ދަމާފައިވާ ބެނާ ފުލުހުން ނަގަނީ
ބ. މާޅޮހުގައި ދަމާފައިވާ ބެނާ ފުލުހުން ނަގަނީ
ފޭސްބުކް
ރިޔާސީ އިންތިހާބު 2018
"ވަގަކަށް ހާސް ދުވަސް، ރައްޔިތުންނަށް އެއް ދުވަސް" ޖަހާފައިވާ ބެނާއެއް ފުލުހުން ނަގައިފި
ބެނާ ނެގުމަށް ކައުންސިލް އިދާރާގައި ވެސް ފުލުހުން ބުނި

"ވަގަކަށް ހާސް ދުވަސް، ރައްޔިތުންނަށް އެއް ދުވަސް" ކަމަށް ލިޔެ ބ. މާޅޮހުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަޕޯޓަރުން ދަމާފައިވާ ބެނާއެއް ފުލުހުން ނަގައިފިއެވެ. 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިންގެ ހަރަކާތުގައި އުޅޭ މީހަކު ބުނި ގޮތުގައި ފުލުހުން ބެނާ ނެގި ވަކި ސަބަބެއް އަންގާފައި ނުވާ ކަމަށެވެ.

އޭނާ ބުނިގޮތުގައި އެ ބެނާ ނެގުމަށް ފުލުހުން ކައުންސިލް އިދާރާގައި ބުނެފައިވާ ކަމަށާއި އެ ބެނާ ނެގުމަށް ދެ ދުވަސް ދިނުމަށްފަހު ފުލުހުން ގޮސް ނެގީ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާޅޮހުގެ ތާއީދު ބޮޑަށް އޮތީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށެވެ.  

ބެނާ ނެގުމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
12 ސެޕްޓެންބަރ 2018 | ބުދަ 17:31
ޔާމީން
ވަގުވެރިކަން ނިމޭކަށް މާ ގިނަ ދުވަހެއް ނެތް ސާބިތު ކަމާ އެކު މިތިބީ ވަގުން ފަހަތުން ދުއްވައިގަންނަން ކޯޓު އޯޑަރު ތަކާ އެކު