ކ. މާލެ
|
12 ސެޕްޓެންބަރ 2018 | ބުދަ 18:00
ކޮމްންޑޫގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން:-އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވި
ކޮމްންޑޫގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން:-އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވި
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
މަންޒަރު ވަރަށް ސާފުކޮށް އެބަ ފެނޭ، އިރާދަ ކުރެއްވިއްޔާ ބޮޑު ތާއިދާއެކު ކާމިޔާބު ކުރާނަން: އިބޫ
ކޮމަންޑޫއިން ބޮޑު ތާއިދެއް ލިބޭނެ ކަމަށް ވިދާޅުވި

މުޅި ރާއްޖެއިން ފެންނަ މަންޒަރު ވަރަށް ސާފު ކަމަށާއި އިރާދަ ކުރެއްވިއްޔާ ބޮޑު އަގުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.  

ށ.ކޮމަންޑޫއަށް ވަޑައިގެން އެރަށުގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ ރައްޔިތުން ތިބީ ވަގުތު ނުޖެހިގެން ކަމަށާއި ރިޔާސީ އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރައްވާނީ ކޮމަންޑޫ އާއި ށ.އަތޮޅުގެ ރައްޔިތުންގެ ބޮޑު ތާއީދާއެކު ކަމަށެވެ.

"ތިޔަ ބޭފުޅުން އަވަހަށް ވޯޓުލާންވީ. 23 ސެޕްޓެމްބަރު ވަނަ ދުވަހު ތިމާގެ މީހުންނާއި ރައްޓެހިންނާއި އަވަށްޓެރިންނާއެކު ނިކުމެ ވޯޓު ފޮށިތައް ފުރާލުން. އިރާދަ ކުރެއްވިއްޔާ ކާމިޔާބުވާނެ،" އިބޫ ވިދާޅުވި އެވެ.  

އިބޫ ވިދާޅުވީ އިންތިހާބަށް ނިކުތީ ކުރިމަތީ މުހިންމު ކަންތައްތަކެއް އޮވެގެން ކަމަށާއި އޭގެ ތެރެއިން އެއް މައްސަލައަކީ ރާއްޖޭގައި އިންސާފު ގެއްލިފައި އޮތުމާއި ސަރުކާރުން ވައްކަން ކުރުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ ބޭފުޅުންގެ އެޖެންޑާ އަކީ އިންސާފު ހޯދާ ދިނުމާއި ރިޝްވަތު ދިނުމާއި ވައްކަން ކުރުން ހުއްޓުވާ ގެއްލިފައިވާ ފައިސާ ހޯދުމުގެ އިތުރުން ޒިންމާ ވާންޖެހޭ ފަރާތްތަކުން ޒިންމާދާރު ކުރުވުން ކަމަށެވެ.  

ކޮމަންޑޫގައި މިއަދު ބޭއްވި ބައްދަލުވުގެ ތެރެއިން:-ކޮމަންޑޫއިން ވަނީ ހޫނު މަރުހަބާއެއް އިބޫއަށް ކިޔާފައި

ރާއްޖެ ތަރައްގީ ކުރުމާ ގުޅޭ ގޮތުން ސިޔާސަތުތަކެއް އެބަހުރި ކަމަށް ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރަން ޖެހޭނީ ގުދުރަތީ ވަސީލަތްތައް ފުރިހަމައަށް ބޭނުން ކުރެވޭނެ ގޮތަށް ކަމަށެވެ. އަދި އެކަން ކުރެވޭނީ ކައުންސިލަރުން ބާރުވެރިކޮށް މާލީ އެހީތެރިކަން ދީގެން ކަމަށް ވެސް ވިދާޅުވި އެވެ.

"ތަނެއް ތަރައްގީ ކުރަން ބޭނުންނަމަ ކޮށްދޭން ޖެހޭ ކަމަކީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން. އޭގެ ފަހުގައި އެހެން ކަންކަން ކޮށްދޭން ޖެހޭނީ،" އިބޫ ވިދާޅުވި އެވެ.  

ނިކުމެ ތިބީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެންނަން ކަމަށާއި ކޮމަންޑޫގައި މިހާރަށް ވުރެ ރަނގަޅަށް ނަރުދަމާ އާއި ފެނުގެ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. ސިއްހީ މަރުކަޒުގެ ހިދުމަތް ފުޅާކޮށް ރަނގަޅު ހިދުމަތެއް ލިބޭ ތަނަކަށް ހަދާދިނުމުގެ އިތުރުން ކޮމަންޑޫގެ ބަނދަރު ރަނގަޅު ޕްލޭނަކާއެކު ބޮޑު ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް