ކ. މާލެ
|
11 ސެޕްޓެންބަރ 2018 | އަންގާރަ 21:53
ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ
ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ
ގޫގުލް
މުހައްމަދު މުސްތަފާ
ވޯޓްގެ ނަތީޖާ ހޯދޭނީ ރާއްޖޭގެ ރައްޔިތުން މާލެގައި ތިބިގެން: މުސްތަފާ
23 ސެޕްޓެމްބަރުގައި ނޯށުން ރޮއްވާލާނެ ކަމަށް ވިދާޅުވި
ރައްޔިތުންގެ ނިންމުން ތަންފީޒްކުރަންދެން މަޑުކުރަން ގޮވާލެއްވި
ރައީސް ދައްކަވަނީ އާވަހަކަތަކެއް ނޫން ކަމަށް ވިދާޅުވި

މިމަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓުގެ ނަތީޖާ ހޯދޭނީ ދިވެހިރައްޔިތުން ވޯޓުލުމަށްފަހު މާލޭގައި ތިބެގެން ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ވޯޓް ނަތީޖާ އޮޅުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަސައްކަތް ކުރަމުން އަންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުން އަންނަ ދަނޑިވަޅެއްގައި، މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ހޯދޭނީ ވޯޓުލުމަށްފަހު ރާއްޖޭގެ ރައްޔިތުން މާލޭގައި ތިބެގެން ކަމަށެވެ.

މުސްތަފާ ވިދާޅުވީ ވޯޓުގެ ދާއިމީ ނަތީޖާ ލިބެންދެން ވެސް ވޯޓް ފޮށިތައް ރައްޔިތުންގެ ކޮންޓްރޯލުގައި ހުންނަންޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުން ތަންފީޒްކޮށްފައި ނޫނީ ގެއަށް ވަދެގެން ނުވާނެ ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.

ވޯޓު ލުމަށްފަހު ސަރުކާރުން ބޭނުން ގޮތެއް ހަދަން މިނެޓެއް ދިނަސް، ރައްޔިތުންގެ ވޯޓް ވަގަށް ނަގާނެކަމުގެ ތުހުމަތު ކުރެވޭ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ގޮނޑިގެއްލިފައިވާ ކަމަށް ކަނޑައަޅާފައި މެމްބަރު ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖްލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލުމުގައި ހުރިހާ އިސް މަސައްކަތްތަކެއް ކުރެއްވީ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ވާހަކަ ރައްދު ދެއްވައި މުސްތަފާ ވިދާޅުވީ، ރައީސް ޔާމީންގެ އެ ވާހަކަތައް 12 މެމްބަރުން "ޑަރެކޭވެސް ހީނުވޭ" ކަމަށެވެ.

މުސްތަފާ ވިދާޅުވީ 23 ސެޕްޓެމްބަރުގައި ނަގާ ވޯޓުން ރައީސް ޔާމީންގެ ގޮނޑިން އެމަނިކުފާނު ދުރުކުރައްވާނީ "ނޯށުން ރޮއްވާލުމަށްފަހު" ގައި ކަމަށެވެ.

ގދ. ތިނަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން، ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރެއްގެ ގޮނޑި ގެއްލުވައިލެއްވި ކަމަށް ރައީސް ޔާމީން އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގެންނެވީ، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް އެ މެމްބަރުން ވިދާޅުވަމުން ގެންދަވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
11 ސެޕްޓެންބަރ 2018 | އަންގާރަ 19:06
ހ މ ޒ
އެމްޑީޕީ ތައުލީމީ މެނިފެސްޓޯގައި އޮތީ ބޯވަތައް ޖަހައިގެން!