ކ. މާލެ
|
11 ސެޕްޓެންބަރ 2018 | އަންގާރަ 17:22
މާރިއާ އަހުމަދުދީދީ
މާރިއާ އަހުމަދުދީދީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
'3357135' ނަމްބަރުން ޖަޒީރާ ރާއްޖޭގެ ނަމުގައި ގުޅަމުންދޭ، އެކަމަށް ވިސްނަވާތި: މާރިޔާ
އެނަމްބަރަކީ ޖަޒީރާ ރާއްޖޭގެ ކެމްޕެއިން ނަމްބަރެއް ނޫން

ގުޅިފައިވާ ސިިޔާސީ ޕާޓީތަކުގެ ކެމްޕެއިން ހަރަކާތް "ޖަޒީރާ ރާއްޖެ"ގެ ނަމުގައި ބަޔަކު މީހުން ގުޅަމުންދާ ކަމަށާއި ނަމަވެސް އެއީ ޖަޒީރާ ރާއްޖޭގެ ކެމްޕެއިން އޮފީހުން ކުރާ ފޯނު ކޯލެއް ނޫން ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބޫގެ ތަރުޖަމާނު މާރިޔާ އަންގާރަ ދުވަހު ވިދާޅުވީ އޮޅުވާލުމުގެ ނިޔަތުގައި "3357135" ޖަޒީރާ ކެމްޕެއިން އޮފީހުން ކަމަށްބުނެ ބައެއް މީހުންނަށް ގުޅަމުންދާ ކަމަށެވެ. ނަމަވެސް އެ ނަމްބަރަކީ ކާކުގެ ނަންމަތީ ރެޖިސްޓްރީ ކޮށްފައިވާ ނަމްބަރެއްކަން ނޭނގޭ ކަމަށާއި އެއީ ޖަޒީރާ ރާއްޖޭގެ ކެމްޕެއިން ކުރާ ފޯނު ކޯލެއް ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި އެ ފަދަ ފޯނު ކޯލްތަކަށް ވިސްނާވަޑައިގެން ތިއްބެވުމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން އެކިއެކި މައުލޫމާތު ހޯދުމަށް ގުޅަމުންދާ ކަމުގެ ޝަކުވާތަކެއް ވެސް ލިބެމުންދާ ކަމަށެވެ.

އާއްމު އިންތިހާބެއް އޮންނަ ދުވަސްވަރު ކެމްޕެއިން އޮފީސްތަކުން ފޯނު ކޯލް ކުރަމުންދެ އެވެ. ނަމަވެސް ބައެއް ފޯނު ކޯލުތައް މެދުވެރިކޮށް އޮޅުވާލަން މަސައްކަތްކުރަމުންދާ ކަމަށް ވެސް ރައްޔިތުން ދަނީ ފާހަގަކުރަމުން ނެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް