ކ. މާލެ
|
11 ސެޕްޓެންބަރ 2018 | އަންގާރަ 15:03
ފައިސަލް ދިޔަމިގިއްޔަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ވަނީ ދަންނަވާފައި
ފައިސަލް ދިޔަމިގިއްޔަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ވަނީ ދަންނަވާފައި
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ދިޔަމިގިއްޔާއި މެދުފުށި ގުޅާލާނަން: ފައިސަލް
ދިޔަމިގިއްޔަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކޮށްދޭނަން
ދިޔަމިގިލީ މަގުތަށް ރަގަނޅު ފެންވަރުގައި ހަދާނަން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި މެދުފުއްޓާ ދިޔަމިގިލި ގުޅާލާނެ ކަމަށް ކޯލިޝަން ކެންޑިޑޭޓް ރަނިންގ މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތ. އަތޮޅަށް ކުރި ކެމްޕެއިން ދަތުރުގެ ތެރެއިން ފައިސަލް އެ އަތޮޅު ދިޔަމިގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް އެރަށާއި މެދުފުށި ގުޅާލާނެ ކަމަށެވެ. މެދުފުއްޓަކީ ދިޔަމިގިލީ ފަޅުތެރޭގައި އޮނަން ފަޅު ރަށަކެއެވެ. ދިޔަމިގިއްޔާއި މެދުފުއްޓާ ގުޅާލުމުން މި ވަގަތު ދިޔަމިގިލި ރައްޔިތުންނަން ދިމާވެފައިވާ ބިމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ފައިސަލްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ފައިސަލް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ދިޔަމިގިލީގެ ރައްގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދޭނެ ކަމަށެވެ. އަދި އެރަށުގެ އަޑިގުޑަން މަގުތައް ރަނގަޅު ފެންވަރުގައި ހަދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

އާބާދީގައި ހާހެއްހާ މީހުން ދިރިއުޅޭ ދިޔަމިގިއްޔަށް ފައިސަލް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް