ކ. މާލެ
|
11 ސެޕްޓެންބަރ 2018 | އަންގާރަ 00:39
ބާރު ސުޕީޑުގައި ދުއްވާފައި ދިޔަ ވޭން ފުރޮޅާލާފައި
ބާރު ސުޕީޑުގައި ދުއްވާފައި ދިޔަ ވޭން ފުރޮޅާލާފައި
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ބާރު ސްޕީޑުގައި ދިޔަ ވޭނެއް ފުރޮޅާލައި ބަޔަކަށް އަނިޔާވެއްޖެ
އަނިޔާވީ ވޭނުގައި ތިބި ހަތަރު މީހުން
އެ މީހުން ވޭނުން ނެރުނީ އެތަނުގައި ތިބި މީހުން
އަނިޔާގެ ތަފްސީލެއް އަދި ނުލިބޭ

ހުޅުމާލޭ ބޮޑު މަގުގައި ބާރު ސުޕީޑުގައި ދިޔަ ވޭނެއް ފުރޮޅާލައި، ވޭނުގައި ތިބި މީހުންނަށް އަނިޔާވެއްޖެއެވެ.

މަންޒަރު ދުއް މީހަކު "ރާއްޖެއެމްވީ"އަށް ކިޔައިދިން ގޮތުގައި ހަތަރު މީހުންނާ އެކު ދަތުރު ކުރަމުން ދަނިކޮށް ފުރޮޅާލާފައި ވަނީ ސައުތު ކޭޓަރިންގެ ވޭނެކެވެ. ވޭން ކޮންޓްރޯލް ނުވެގެން ހިނގި އެ ހާދިސާގައި، އަނިޔާވި މީހުން އެ ވޭނުގެ ތެރެއިން ނެރުނީ އެ ސަރަހައްދުގައި ތިބި މީހުނެވެ.

އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިއާ ސޯލިހު ވިދާޅުވީ އަނިޔާވި މީހުންގެ ހާލަތު ބަލަމުންދާ ކަމަށާއި ތަފްސީލު ލިބުމުން މީޑިއާއަށް ހާމަކުރާނެ ކަމަށެވެ.

ވޭން ފުރޮޅާލި ސަރަހައްދު ފުލުހުން ބަންދުކޮށްފައި-- ފޮޓޯ/ ރާއްޖެއެމްވީ

މަންޒަރު ދުއް ބައެއް މީހުން ބުނި ގޮތުގައި ހުޅުމާލޭ ބޮޑު މަގު ޕީޕީއެމް ޖަހަގަ ކުރިމަތިން އެ އެކްސިޑެންޓު ހިނގީ، ވޭން ދުއްވާފައި ދިޔަލެއް ބާރު ކަމުން ޑްރައިވަރަށް އުޅަނދު ކޮންޓްރޯލް ނުކުރެވިގެންނެވެ. އެ އެކްސިޑެންޓުގައި ޕްރައިވެޓް ކާރަކަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބިފައިވެއެވެ. 

ހުޅުމާލޭގައި އެކްސިޑެންޓުތައް އިތުރުވެ، މިއަހަރު ތެރޭގައި އެކަނިވެސް ތިން މީހަކު ވަނީ މަރުވެފައެވެ. މިއަހަރުގެ މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގި އެކްސިޑެންޓުތަކުގައި މަރުވި މީހުންގެ އަދަދު 10އަށް އަރައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
11 ސެޕްޓެންބަރ 2018 | އަންގާރަ 00:03
ހުސޭނުބެ
30 ކިލޯމީޓަރު ލިމިޓް މަގެެއްގައި އޯވަރ ސްޕީޑް ކުރީމާ ފުރޮޅައިވެސްލާނެ