ކ. މާލެ
|
11 ސެޕްޓެންބަރ 2018 | އަންގާރަ 00:05
ފުލުހުން އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުޙައްމަދު ހަމީދު (އެމްސީ ހަމީދު)
ފުލުހުން އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުޙައްމަދު ހަމީދު (އެމްސީ ހަމީދު)
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
ފުލުހުން ދަނީ ބިރު ފަތުރަމުން: އެމްސީ ހަމީދު
ފުލުހުންގެ މުއައްސަސާއިން މިހާރު ބިރު ފަތުރަމުންދާ ސަބަބެއް ނުވިސްނޭ

ފުލުހުންގެ މުއައްސަސާގެ މިނިވަންކަން ގެއްލި، އެ މުއައްސަސާއިން ބިރު ފަތުރަމުންދާ ކަމަށް ފުލުހުން އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުޙައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ ވަކި ގޮތަކަށް ނުކުމެއްޖެ ނަމަ ހަމަނުޖެހުން އުފައްދަން ބަޔަކު ރާވަމުންދާ ކަމަށް ބުނެ ބޭއްވި ނިއުސް ކޮންފަރެންސްގައި ދިން ބަޔާނަށް އިޝާރަތް ކުރައްވައި، ފުލުހުންގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން މިހާރު ބިރު ފަތުރަމުންދާ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

ހަމީދު ވިދާޅުވީ ފުލުހުންގެ ހަޤީޤީ ދައުރަކީ، ވަކިފަރާތެއް ދެކެ ބިރުގަތުމެއް އަދި ވަކި ފަރާތަކަށް ބުރަވުމެއް ނެތި، ހަމަޖެހުން ދެމެހެއްޓުމާއި، ޤާނޫނު ނެގެހެއްޓެމާއި، ކުށް ތަހުޤީޤު ކުރުން ކަމަށެވެ. މިކަން މިހެން އޮތް ނަމަވެސް މިއަދު ފުލުހުންގެ އިދާރާ ހިންގަމުން ދަނީ މި އުސޫލުން ނޫންކަމަށް ހަމީދު ތުހުމަތު ކުރެއްވިއެވެ.

ހޯމަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ދެއްކި ވާހަކަތަކަށް އިޝާރާތް ކުރައްވާ، އެ ވާހަކަތަކަކީ ކަންތައްތަކެއް "ހިންގުމުގެ ކުރިން" ދެއްކި ވާހަކަތަކެއް ނޫން ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

ހޯމަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި، ރިޔާސީ އިންތިހާބުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ބަޔާނެއް އިއްވަމުން، ފުލުހުންގެ ތަރުޖަމާނު، ސްޕްރިޓެންޑެންޓް އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވީ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ނޫން ކަމަށް ބޭރުގެ ފަރާތްތަކަށް ދެއްކުމަށް ނުރައްކާތެރި ކަންތައްތަކެއް ހިންގުމަށް ބަޔަކު ރާވާފައިވާ ކަމަށެވެ. އެކަން ފުލުހުންގެ އިންޓަލިޖެންސަށާއި ތަހުގީގަށް އެނގިފައިވާ ކަމަށާއި އެއީ އިންތިހާބަށް ހުރަސް އެޅުމަށް ރާވާފައިވާ ކަންތައްތަކެއް ކަމަށް ޝިފާން ވިދާޅުވިއެވެ.

އިންތިހާބާ ގުޅިގެން ހަމަނުޖެހުން ހިންގަން ރާވާފައި ވަނީ ކޮން ބައެއް ކަމެއް ފުލުހުން ނުބުނެއެވެ. އެފަދަ ހަމަނުޖެހުން ހިންގަން އުޅެނީ ކޮން ތަނެއްގައި ކަމެއް، އަދި އެކަން ކުރަން އުޅޭކަމުގެ ތުހުމަތަކަށް މީހަކު ހައްޔަރު ކުރި ކަމެއް ވެސް ފުލުހުން ނުބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
11 ސެޕްޓެންބަރ 2018 | އަންގާރަ 01:50
ކަދީ
ފުލުހުންނަށް މަތިމައްޗަށް ޔޫސެޓެއް! އަލުންބަލުން މިސޮރުމެން ހުރިހައި އެއްޗެއް ފަށަން ޖެހެނީ