ކ. މާލެ
|
10 ސެޕްޓެންބަރ 2018 | ހޯމަ 10:47
ހދ ކުޅުދުއްފުށި: ޕީޕީއެމްގެ ހޮޅުއަށީގައި އަޑުހަރުކޮށް ރުޤްޔާ ޖަހާ
ހދ ކުޅުދުއްފުށި: ޕީޕީއެމްގެ ހޮޅުއަށީގައި އަޑުހަރުކޮށް ރުޤްޔާ ޖަހާ
ރާއްޖެ އެމްވީ
ހދ ކުޅުދުއްފުށި
ކުޅުދުއްފުށީ ޕީޕީއެމް ހޮޅުއަށީގައި އަޑުގަދަކޮށް ރުޤްޔާ ޖަހާ މައްސަލަ ބޮޑުވެއްޖެ
ކަންބޮޑުވެގެން ގިނަ ބަޔަކު ދަނީ އެކަން ކައުންސިލާ ހިއްސާ ކުރަމުން
ރުޤްޔާ ޖަހަމުންދަނީ ތާޅަފިލި ބޭނުންކޮށްގެން
ފުލުހުންނާ ވާހަކަ ދައްކައިގެން ހައްލެއް ނުކުރެވުނު

ކުޅުދުއްފުށީގައި ހުންނަ ޕީޕީއެމް ހޮޅުއަށީގައި އަޑުގަދަކޮށް ރުޤްޔާ ޖަހާތީ ގިނަ ބަޔަކު ކަންބޮޑުވެ ކައުންސިލަށް ޝަކުވާ ކުރަމުންދާ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފިއެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުއް ލަތީފް ހަސަން ރާއްޖެ އެމްވީއަށް ވިދާޅުވީ ކަސީދާ ގޯޅިއާ ދިމާލުން "ވެލިގަނޑު ފްލެޓް" ދިމާގައި ހުންނަ ޕީޕީއެމްގެ ހޮޅުއަށީގައި ރުޤްޔާ އަޑުގަދަކޮށް ޖަހާތީ ވަރަށް ގިނަ ބަޔަކު ކަންބޮޑުވެ ޝަކުވާގެ ގޮތުގައި އެކައުންސިލަށް ހިއްސާ ކުރަމުންދާ ކަމަށެވެ.

ރުޤްޔާ ޖަހަނީ އެތަނުގައި ނަގާފައި ހުންނަ ދެ ތާޅަފިއްޔަކުންނެވެ.

ލަތީފް ވިދާޅުވީ ކޮންމެ ދުވަހެއްގެ ފަތިސް ނަމާދުން ފެށިގެން އަބަދު ވެސް އެ ރުޤްޔާ ޖަހާފައި ހުންނަ ކަމަށާއި ހަމައެކަނި ކަނޑާލަނީ ނަމާދު ވަގުތަށް ކަމަށެވެ.

އެކަމާ އުނދަގޫ ވެގެން ރުޤްޔާ ކުރާ މީހުންނާ ވެސް ވާހަކަ ދައްކާފައިވާ ކަމަށާއި ވަކި ގޮތަކަށް ވަކި ތަރުތީބަކުން ކުރަންޖެހޭ ކަމެއް އެފަދަ ގޮތަކަށް ކުރާތީ އެ ފަރާތްތަކުން ވެސް ކަންބޮޑުވާ ކަމަށް ބުނެފައިވާ ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ ރަސްމީކޮށް ލިޔުމުން ޝަކުވާ ހުށަނޭޅި ނަމަވެސް ވަރަށް ގިނަ ބަޔަކު ކޮންމެ ދުވަހަކު ވެސް ކެނޑިނޭޅި ކައުންސިލަށް ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށާއި ސުލްހަވެރިކަމާ އެކު އެކަން ހައްލު ކުރުމަށް ކުޅުދުއްފުށީގައި ތިއްބަވާ ފުލުހުންނާ ވެސް ވާހަކަ ދައްކާފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އެކަން ހުއްޓުވިފައި ނުވާ ކަމަށް ލަތީފް ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި އިސްކޮށް އުޅޭ ޕީޕީއެމް މީހުންނާ ވާހަކަ ދައްކައިގެން ވެސް ހައްލެއް ލިބިފައި ނުވާ ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
10 ސެޕްޓެންބަރ 2018 | ހޯމަ 05:58
Shiyam
ސިހުރު ހަދާތަންތަނުގަ ބާތިޅު ޖަހަން ވާނެ ތި ރަގަޅު ކަމެއް ޔަހޫދިން ބިރުގަންނާނެ ގުރުއާން ދެކެ