ކ. މާލެ
|
10 ސެޕްޓެންބަރ 2018 | ހޯމަ 10:55
އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު
އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
ބޭރުގެ ގައުމުތަކުން ބައިވެރިވާ އޮބްޒާވަރުންނަކީ ކޮން ބައެއްކަން އެނގޭނެ ލިސްޓެއް ދިނުމަށް އެމްޑީޕީން އެދިއްޖެ
ބައިނަލްއަގްވާމީ ޖަމިއްޔާތަކުން 51 އޮބްޒާވަރުންނާއި 34 މޮނީޓަރުން

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރު ގައުމުތަކުން ބައިވެރިވާ އޮބްޒާވަރުންނަކީ ކޮން ބައެއް ކަން އެނގޭނެ ލިސްޓެއް އެމްޑީޕީއަށް ލިބޭނެ ގޮތް ހަދައިދިނުމަށް އެޕާޓީން އިލެކްޝަންސް ކޮމިޝަނުގައި އެދިއްޖެއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ސޮއިކުރައްވައި އިލެކްޝަން ކޮމިޝަނަށް ފޮނުވި ސިޓީގައި ވަނީ ބޭރުގެ އެކި ގައުމުތަކުންނާއި، ބައިނަލްއަގްވާމީ ޖަމިއްޔާތަކުން 51 އޮބްޒާވަރުންނާއި 34 މޮނީޓަރުން ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ކަންކަންދާ ގޮތް ބެއްލުމަށް އަންނާނެ އިލެކްޝަން ކޮމިޝަނުން ބުނެފައިވާ ކަމަށާއި އެހެންކަމުން އެއީ ކޮން ބައެއްކން ކަން އެނގޭނެ ލިސްޓެއް އެމްޑީޕީއަށް ލިބޭނެ ގޮތް ހަދައިދިނުމަށް އެ ޕާޓީން އެދޭ ކަމަށެވެ.

މިސަރުކާރުން ރިޔާސީ އިންތިޚާބު އޮޅުވާލުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް ތުހުމަތު ކުރެވިފައިވާ މިދަނޑިވަޅުގައި ކޯލިޝަނުން ބުނެފައި ވަނީ ރިޔާސީ އިންތިޚާބު އޮޅުވާނުލެވޭނެ ކަމަށާއި، ބޮޑު ތަނުން ރައީސް ޔާމިން ބަލި ކުރާނެ ކަމަށެވެ.

އިލެކްޝަން ކޮމިޝަން މެދުވެރިކޮށް ރިޔާސީ އިންތިޚާބާއި އިންތިޚާބުގެ ވޯޓު އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް ވޯޓުލާ މަރުކަޒުގައި ކޯލިޝަންގެ ފަރާތުން އިންތިޚާބު މޮނީޓާރ ކުރަން ތިބޭނީ ވެސް ވަރަށް ގާބިލް ފަރާތްތައް ކަމަށް ކޯލިޝަނުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް