ކ. މާލެ
|
10 ސެޕްޓެންބަރ 2018 | ހޯމަ 10:43
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫ ށ. އަތޮޅާއި ނ. އަތޮޅަށް ފުރާ ވަޑައިގަންނަވަނީ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫ ށ. އަތޮޅާއި ނ. އަތޮޅަށް ފުރާ ވަޑައިގަންނަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
ނ. އަދި ށ. އަތޮޅަށް އިބޫ ދަތުރުފައްޓަވައިފި
މިއަދު އެކަނި ވެސް ހަ ރަށަކަށް ވަޑައިގަންނަވާނެ

ނ. އަދި ށ. އަތޮޅުގެ ރަށްތަކަށް އަމާޒު ކުރައްވައިގެން އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕެއިން ދަތުރުފުޅު ފައްޓަވައިފިއެވެ.  

އިބޫ މިއަދު ފެއްޓެވި ދަތުފުޅުގައި މިއަދު އެކަނި ވެސް ހަ ރަށަކަށް ވަޑައިގަންނަވާނެއެވެ. މި އެންމެ ފުރަތަމަ ވަޑައިގެންނެވީ ނ. ލަންދޫ އަށެވެ. އަދި އޭގެ ފަހުގައި މިއަދު މާފަރަށް ވަނީ ވަޑައިގެންފައެވެ. ދެން އެމަނިކުފާނު މާޅެންދޫ އާއި ހެނބަނދޫގެ އިތުރުން ކެނދިކުޅުދޫ އާއި ވެލިދޫއަށް ވަޑައިގަންނަވާނެއެވެ. އަދި ކެމްޕެއިން ބޮޑު ޖަލްސާ މިރޭ ވެލިދޫގައި އޮންނާނެއެވެ.

މާދަމާ އެމަނިކުފާނު ފޮއްދޫ އާއި ހޮޅުދޫ އާއި ކުޑަފަރީ އަށް ވަޑައިގަތުމަށް ފަހު ށ. އަތޮޅުގެ ރަށްތަކަށް ދަތުރުފައްޓަވާނެއެވެ. އެ ގޮތުން ށ. ކަނޑިތީމާއި ފޭދޫ އާއި ފޯކައިދޫއަށް  ވަޑައިގަތުމަށް ވަނީ ހަމަ ޖެހިފައެވެ. އަދި ފޯކައިދޫގައި މާދަމާ ރޭ ޖަލްސާ އޮންނާނެއެވެ. ބުދަ ދުވަހު އިބޫ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިލަންދޫ އަށާއި ޅައިމަގާއި މަރޮއްޓާއި ކޮމަންޑޫއަށެވެ.  

އިބޫ ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްތައްް:

  1. ލަންދޫ
  2. މާފަރު
  3. މާޅެންދޫ
  4. ހެނބަދޫ
  5. ކެނދިކުޅުދޫ
  6. ވެލިދޫ
  7. ފޮއްދޫ
  8. ހޮޅުދޫ
  9. ކުޑަފަރީ
  10. ކަނޑިތީމް
  11. ފޭދޫ
  12. ފޯކައިދޫ
  13. މިލަންދޫ
  14. ޅައިމަގު
  15. މަރޮށި
  16. ކޮމަންޑޫ

އެމަނިކުފާނު ކޮންމެ ރަށަކަށް ވަޑައިގެންނެވުމަށް ފަހު ވެސް އެރަށުގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވާނެއެވެ. ނ. އަދި ށ. އަތޮޅުގެ ބައެއް ރަށްތަކަށް އިބޫގެ ރަނިންގ މޭޓް ފައިސަލް ނަސީމް ވަޑައިގެންފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް