ކ. މާލެ
|
10 ސެޕްޓެންބަރ 2018 | ހޯމަ 09:46
ކެމްޕެއިނަން ފައިސަލް ތ. އަތޮޅަށް ފުރާވަޑައިގަންނަވަނީ
ކެމްޕެއިނަން ފައިސަލް ތ. އަތޮޅަށް ފުރާވަޑައިގަންނަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ތިން ދުވަހުގެ ތެރޭގައި ތ. އަތޮޅުގެ 13 ރަށަށް ފައިސަލް ވަޑައިގަންނަވާނެ
މިރޭ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ކިނބިދޫގައި
ހޯމަ ދުވަހު ފައިސަލް ހަ ރަށަކަށް ވަޑައިގަންނަވާނެ
އަންގާރަ ދުވަހުގެ ރޭ ޖަލްސާ ބާއްވަނީ ވިލުފުށީގައި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގ މޭޓް ފައިސަލް ނަސީމް ތ. އަތޮޅަށް ކުރައްވާ ތިން ދުވަހުގެ ކެމްޕެއިން ދަތުރުފުޅުގައި 13 ރަށަކަށް އެމަނިކުފާން ވަޑައިގަންނަވާނެއެވެ.

ތިން ދުވަހުގެ ކެމްޕެއިން ދަތުރުފުޅަށް ފައިސަލް ތ. އަތޮޅަށް ފުރާވަޑައިގެންނެވީ ހޯމަ ދުވަހުގެ ހެނދުނުގައެވެ. މި ދަތުރުފުޅުގައި ހޯމަ ދުވަހު ފައިސަލް އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ކަނޑޫދޫއަށެވެ. އެ އަށް ފަހު ހިރިލަންދޫ، ވަންދޫ، އޮމަދޫ، ވޭމަންޑޫއަށް ހޯމަ ދުވަހު ފައިސަލް ވަޑައިގަންނަވާއިރު ހޯމަ ދުވަހުގެ ރޭ އެ އަތޮޅު ކިނބިދޫގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާއެއް ބާއްވާނެއެވެ.

މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރޮޒޭނާ އާދަމް އާއި އެމްޑީޕީގެ ބައެއް ގައުމީ މަޖިލީހުގެ މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ ބައެއް ކައުންސިލް މެމްބަރުން ބައިވެރިވަޑައިގަންނަވާ ކަން ފާހަގަކޮށްލެވެއެވެ.

ކެމްޕެއިންނަން ފައިސަލް ތ. އަތޮޅަށް ފުރާވަޑައިގަންނަވަނީ

އަންގާރަ ދުވަހު ފައިސަލް އެންމެ ފުރަތަމަ ވަޑައިގަންނަވަނީ ތިމަރަފުއްޓަށެވެ. އެއަށް ފަހު ގާދިއްފުށި، ގުރައިދޫ، ދިޔަމިގިލި އަދި މަޑިފުއްޓަށް ފައިސަލް ވަޑައިގަންނަވާނެއެވެ. އަންގާރަ ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ބޮޑު ޖަލްސާ ވިލިފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅު ފައިސަލް ނިންމާލައްވާނީ ބުދަ ދުވަހު ބުރުނީ އަށް ވަޑައިގަތުމަށް ފަހުގައެވެ.

މިއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަން ތ. އަތޮޅަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ކުރާ ދެ ވަނަ ކެމްޕެއިން ދަތުރެވެ. ފައިސަލް ތ. އަތޮޅުގެ ހުރިހާ ރަށަކަށް މި ދަތުރުފުޅުގައި ވަޑައިގަންނަވާއިރު، އިބޫ ވަނީ ނިމިދިޔަ މަހުގެ ތެރޭގައި ތ. އަތޮޅު ރަށްތަކަށް ކެމްޕެއިން ކުރެއްވުމަށް ވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް