ކ. މާލެ
|
9 ސެޕްޓެންބަރ 2018 | އާދީއްތަ 18:15
އިއްތިހާދުގެ ޖަލްސާގައި އައިޝާ ވާހަކަ ދައްކަވަނީ
އިއްތިހާދުގެ ޖަލްސާގައި އައިޝާ ވާހަކަ ދައްކަވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ރައްޔިތުން ސިޔާސީ ހަރަކާތަކަށް ނުކުންނަން މަޖޫބުރު ކުރުވަނީ މި ހިތެއް ނެތް ސަރުކާރުން: އައިޝާ
މީ ހިތެއްނެތް ސަރުކާރެއް ކަމަށް ވިދާޅުވި
ދިވެހިން އަނިޔާއަށް ބޯނުލަބާނެ ކަމަށް ވިދާޅުވި

ދުވަހަކު ވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވާ އަދި ސިޔާސީ ޕޯޑިއަމަކަށްވެސް ނާރާ މީހުންނަށް އެކަންކުރުވަން މަޖުބޫރު ކުރުވީ މި ހިތެއްނެތް ސަރުކާރުގެ އަނިޔާވެރިކަމުން ކަމަށް ޖުމްހޫރީޕާޓީގެ ކައުންސިލް މެމްބަރު އަދި ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އިއްތިހާދުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަހުލާ ވިދާޅުވީ ދުވަހަކުވެސް ސިޔާސީ ކަންކަމުގައި ނޫޅޭ ދިވެހި ރައްޔިތުންނަށްވެސް ސިޔާސީ މައިދާނުގެ އެންމެ ކުރީ ސަފަށް އަންނަން މަޖުބޫރުވަނީ ސަރުކާރުގެ ފަސާދަޔާ ކޮރަޕްޝަނާއި އިސްރާފު ކުރުމުގެ ސަބަބުން ކަމަށެވެ.

އައީޝާ ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ މަޖްލިސް ހިޞޯރުކޮށްފައިވާ ކަމަށާއި އެގޮތަށް ދައުލަތުގެ މުހިންމު މުއައްސަސާތައްވެސް ވާގިނައްތާލާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް އެތައް ގުނަޔެއްގެ ބޭކާރު ޚަރަދުކޮށްގެން ދައުލަތުގެ ފައިސާ އިސްރާފު ކުރަމުންދާ ކަމަށްވެސް އައިޝާ ވިދާޅުވިއެވެ.

"ވައްކަން ނުކުރިނަމަ، އިސްރާފު ނުކުރިނަމަ ތަރައްޤީވަމުންދާނީ އަރަންޏާއެކު، ދިވެހިން ތަރައްޤީ ބޭނުންވަނީ އަރަންޏާއެކު" އައިޝާ ވިދާޅުވިއެވެ.

 

އިއްތިހާދުގެ ޖަލްސާގައި އިއްތިހާދުގެ ކެންޑިޑޭޓުގެ ނަމްބަރު އައިޝާ ދައްކަވާލައްވަނީ

އައިޝާ ވިދާޅުވީ މިވެރިކަމުގައި އެތައް ދިވެހި ރައްޔިތުންނަށް އެކި ގޮތްގޮތުން އަނިޔާ ލިބެމުންދާއިރު ބޮޑުވަރިހަމަވެފައި ބަލަން ނުތިބޭނެކަން ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއިން ހާމަވެގެން ހިނގައްޖެ ކަމަށެވެ.

ރާއްޖޭގެ އަންހެނުންނަށައި ފިރިހެނުންނާއި ޒުވާނުންވެސް މިއަނިޔާވެރިކަމާ ދެކޮޅަށް ނުކުމެ 23 ސެޕްޓެމްބަރުގައި އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވުމަށް އެދޭ ކަމަށްވެސް އައިޝާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް