ކ. މާލެ
|
8 ސެޕްޓެންބަރ 2018 | ހޮނިހިރު 21:49
ޖަލްސާ އަށް އުމަރު ޒާހިރު ވަޑައިގަންނަވަނީ
ޖަލްސާ އަށް އުމަރު ޒާހިރު ވަޑައިގަންނަވަނީ
ފާތިމަތު ޝަނާ މުހައްމަދު
ރިޔާސީ އިންތިޚާބު 2018
ކުރީގެ ވަޒީރުން ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާގައި
ރައީސް މައުމޫންގެ އަރިސް ގިނަ ބޭފުޅުން ވަނީ އިބޫއަށް ތާޢިދުކުރައްވާފައި

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ވަޒީރުކަން ކުރައްވާފައިވާ އަދި ދައުލަަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބައެއް ވަޒީރުން ގުޅިފައިވާ ޕާޓީތަކުން ބާއްވާ ބޮޑު ޖަލްސާގައި ބައިވެރިވެވަޑައިގެންފިއެވެ.

ރައީސް މައުމޫން ފެއްޓެވި އިސްލާހީ ހަރަކާތުގެ ފަރާތުން މިޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނަކީ ކުރީގެ ވަޒީރުން ކަމަށްވާ ޢައްބާސް އިބްރާހިމާއި، އުމަރު ޒާހިރާއި، އަބްދުﷲ ކަމާލުއްދީންގެ އިތުރުން އަނީސާ އިބްރާހިމްއެވެ. 

ރައީސް މައުމޫންގެ ސަރުކާރުގެ އިސް  ވަރަށް ގިނަ ބޭފުޅުން މިހާރު ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އަށް ބައިޢަތު ހިއްޕަވާފައެވެ. ޚާއްސަކޮށް ރައީސް ޔާމީންގެ ސަރުކާރުން ރައީސް މައުމޫން ހައްޔަރުކޮށް، ޖަލުގައި ބަންދުކުރެއްވުމާ ގުޅިގެން، އެމަނިކުފާނުގެ ދިފާޢުގައި ނިކުންނަވާފައެވެ.

މިޖަލްސާގައި ޢައްބާސް އިބްރާހިމް ވަނީ ވާހަކަ ވެސް ދައްކަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް