ކ. މާލެ
|
8 ސެޕްޓެންބަރ 2018 | ހޮނިހިރު 20:52
ރައީސް ޔާމީން އިންތިޚާބަށް ކުރިމަތިލެއްވި ފޯމް އިލެކްޝަންސް ކޮމިޝަނާއި ހަވާލުކުރަނީ
ރައީސް ޔާމީން އިންތިޚާބަށް ކުރިމަތިލެއްވި ފޯމް އިލެކްޝަންސް ކޮމިޝަނާއި ހަވާލުކުރަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2018
އިންތިޚާބު އޮބްޒަރވްކުރުމަށް ބޭރުން ގެންނަނީވެސް ޕީޕީއެމްގެ ޕާޓްނަރެއް!
އޮބްޒަރވްކުރުމަށް އަންނަ ޖަމްއިއްޔާއަކީ އެލަޔަންސް އޮފް ކޮންޒަވޭޓިވްސް އެންޑް ރިފޯރމިސްޓްސް އިން ޔޫރަޕް

ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކަންކަން އިންތިޒާމްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނެގި އޮފިޝަލުންނަކީ ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ އެކްޓިވިސްޓުންކަން ހާމަވެފައިވަނިކޮށް، އިންތިޚާބު އޮބްޒަރވްކުރުމަށް އަންނަ ޔޫރަޕްގެ ޖަމްއިއްޔާއަކީވެސް ޕީޕީއެމްގެ ޕާޓްރަނެއްކަން އެނގިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންތިޚާބު އޮބްޒަރވްކުރުމަށް އަންނަ ޖަމްއިއްޔާއަކީ ވިލާތުގެ ބައެއް ޤައުމުތަކުގެ ސިޔާސީ ޕާޓީތަކުގެ މައްޗަށް އެކުލެވޭ 'އެލަޔަންސް އޮފް ކޮންޒަވޭޓިވްސް އެންޑް ރިފޯރމިސްޓްސް އިން ޔޫރަޕް' އެވެ. ރައީސް އަބްދުޣﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަކީ އެޖަމާޢަތުގެ ރީޖަނަލް ޕާޓްނަރެކެވެ.

އެ ޖަމާޢަތުގެ އަނެއް 7 ރީޖަނަލް ޕާޓްނަރުންގެ ތެރޭގައި އިސްރާއީލުގެ ލިކޫދް ޕާޓީއާއި އެމެރިކާގެ ރިޕަބްލިކަން ޕާޓީވެސް ހިމެނެއެވެ.

ޕީޕީއެމްގެ ޕާޓްނަރެއް އިންތިޚާބު އޮބްޒާވަރެއްގެ ގޮތުގައި ރާއްޖެއަށް އަންނައިރު، އެޖަމާޢަތަކީ ޔޫރަޕަށް ނިސްބަތްވާ ޖަމާޢަތެއްކަމުން، ވިލާތުގެ އިއްތިޙާދާއި ރާއްޖެއާއި ދެމެދު ގުޅުން ރަނގަޅުކަމަށް ދެއްކުމަށް ޕީޕީއެމްގެ ބައެއް ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ދިވެހި ސަރުކާރުގެ އިސް ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ވިލާތުގެ އިއްތިޙާދުން ނިންމާފައިވާ މިދަނޑިވަޅުގައި، އިންތިޚާބު އޮބްޒާރވްކުރަން ނާންނަން އެ އިއްތިޙާދުން ވަނީ ނިންމާފައެވެ. އަދި އދ އިންވެސް އިންތިޚާބު އޮބްޒަރވްކުރަން ނާންނަން ވަނީ ނިންމާފައެވެ.

އިންތިޚާބުގެ ކަންކަމަށް ސަރުކާރުން އިންތިހާއަށް ނުފޫޒު ފޯރުވައި، އިލެކްޝަންސް ކޮމިޝަން ވަރަށް ބޮޑަށް ސިޔާސީވެފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް