ކ. މާލެ
|
8 ސެޕްޓެންބަރ 2018 | ހޮނިހިރު 15:05
ގާސިމް ވިދާޅުވަނީ ޖީއެމްއާރު މައްސަލައިގައި ރައީސް ހެއްދެވީ ބޮޑު ދޮގެއް ކަމަށް
ގާސިމް ވިދާޅުވަނީ ޖީއެމްއާރު މައްސަލައިގައި ރައީސް ހެއްދެވީ ބޮޑު ދޮގެއް ކަމަށް
މުހައްމަދު ޝަރުހާން
ގާސިމް އިބްރާހިމް
އެއާޕޯޓް އަތުލުމާ ގުޅޭ ގޮތުން ރައީސް ޔާމީން ހެއްދެވީ ބޮޑު ދޮގެއް: ގާސިމް
ގާސިމް ވިދާޅުވަނީ އެއާޕޯޓް އަތުލުމުގެ ބައްދަލުވުން ނުފެށެނީސް ރައީސް ޔާމީން ވަޑައިގެންނެވި ކަމަށް
ރައީސް ޔާމީން ވިދާޅުވަނީ އެއާޕޯޓް ނެގުމަށް ތާއީދުކުރީ ހަމައެކަނި ޕީޕީއެމް ކަމަށް
ދައުލަތުން ޖީއެމްއާރަށް 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ދައްކަންޖެހުނު

ދިވެހިރާއްޖޭގެ މައި ވައިގެ ބަނދަރު ޖީއެމްއާރު އަތުން އަތުލުމާ ގުޅޭ ގޮތުން ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ހެއްދެވީ "ބޮޑު ދޮގެއް" ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓް ނެގުމަށް ތާއީދުކުރީ ހަމައެކަނި ޕީޕީއެމް ފިކުރުގައި ތިބި މެންބަރުން ކަމަށެވެ.

ޖީއެމްއާރު އަތުން އެއާޕޯޓް ނަގަން ތާއީދު ނުކުރައްވާ ކަމަށް ގާސިމާއި، ޑީއާރުޕީގެ އެއިރުގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޖީއެމްރު އަތުން އެއާޕޯޓް އަތުލުމުގެ މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ ރައީސް ވަހީދުގެ ވެރިކަމުގައެވެ. އެ ބައްދަލުމުގައި އެމްޑީޕީ ފިޔަވައި އެހެން ޕާޓީތައް ބައިވެރިވެފައި ވެއެވެ.

ރައީސް ޔާމީންގެ ވާހަކަތަކަށް ރައްދު ދެއްވައި ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޑރ. ވަހީދުގެ ސަރުކާރުގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުން ނުފެށެނީސް ރައީސް ޔާމީން ނުކުމެވަޑައިގަތް ކަމަށެވެ.

ގާސިމް ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓް ނަގަން ސަރުކާރުން ނިންމީ، ރައީސް ވަހީދާއި، އިމްރާނާއި، ތަސްމީނާއި، އޭނާ ވެސް ތިއްބަވައިގެން ކަމަށެވެ.

ގާސިމްގެ ވާހަކަތަކަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒް ވަނީ ދޮގު ކުރައްވާފައެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޖީއެމްއާރާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުން ރައީސް ޔާމީން ނުކުމެވަޑައިގަތީ ޖީއެމްއާރު އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަތުލުމަށާއި، އެ ނޫން އެއްވެސް ގޮތެއް ބަލައިނުގަންނަވާނެ ކަމަށް ވިދާޅުވެ ކަމަށެވެ.

ރައީސް ވަހީދުގެ ސަރުކާރުގައި ޖީއެމްއާރާ ގުޅޭ ގޮތުން ގޮތެއް ނިންމަން ބޭއްވި ޖަލްސާ އިން ރައީސް އަބްދުﷲ ޔާމީން ނުކުމެވަޑައިގެންނެވި ކަމަށް ވިދާޅުވެ، ގާސިމް އިބްރާހީމް ދެއްކެވީ ދޮގު ވާހަކައެއް ކަމަށް މުއާޒްގެ ޓްވީޓްގައިވެއެވެ.

އެއާޕޯޓް އަތުލުމަށް ނިންމައި އެކަން އިއުލާނުކުރަމުން އޭރުގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ އެއްބަސްވުމަކީ އުފެދުނުއިރު ވެސް ބާތިލް އެއްބަސްވުމެއް ކަމަށެވެ.

އެއާޕޯޓް އަތުލައިގެން ދައުލަތުން ދައްކަން ޖެހޭނެ އެންމެ ލޯ ލާރިއެއް ވެސް ނޯންނާނެ ކަމަށް ކަމަށް ވެސް އާޒިމާ ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ޖީއެމްއާރު އަތުން އެއާޕޯޓް އަތުލި މައްސަލާގައި ދައުލަތުން ޖީއެމްއާރަށް 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ދައްކަންޖެހުނެވެ. އެފައިސާ ދައްކާފައި ވަނީ ނޮވެމްބަރު 2016 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް