ކ. މާލެ
|
8 ސެޕްޓެންބަރ 2018 | ހޮނިހިރު 08:37
ޝެއިޚް އިލްޔާސް
ޝެއިޚް އިލްޔާސް
ރާއްޖެ އެމްވީ
ޝެއިޚް އިލްޔާސް
ޝެއިޚް އިލްޔާސްގެ ސުވާލު: ވަކި މީހަކަށް ވަކި ގޮތެއް! މީ ކޮން ކަހަލަ އިންސާފެއް؟
އިލްޔާސް ހުންނެވީ މެލޭޝިއާގައި
ފުލުހުން ވަނީ އޭނާ އެއިދާރާއަށް ހާޒިރު ވުމަށް އަންގާފައި

ވަކި މީހަކަށް ވަކި ގޮތެއް އެއީ ކޮންކަހަލަ އިންސާފެއްތޯ  ވިދާޅުވެ ޝެއިޚް އިލްޔާސް ސުވާލު ކުރައްވައިފިއެވެ.

މިމަހުގެ އެއް ވަނަ ދުވަހު އައްޑޫ ސިޓީގައި ދެއްކެވި ވާހަކައަކާއި ގުޅިގެން ދޮގު ވާހަކަތަކާއި ފިތުނަ އުފައްދާ ކަމަށް ބުނެ އިލްޔާސް ފުލުހަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ. ފުލުހުން އެންގިފަހުން އިލްޔާސް މާލެ ވަޑައިގެންފައެއް ނުވެއެވެ. 

މި ވަގުތު މެލޭޝިއާގައި ހުންނަވައި އިލްޔާސް ކުރެއްވި ޓްވީޓުގައި އެއްސެވީ ވަކި މީހަކު ދައްކާ ވާހަކަތައް ނުވަތަ ކުރާ ކަންތައްތައް ދީނަށް ފުރައްސާރަކުރުން ކަމަށް ވެފައި، އަނެކާ ދައްކާ ނުވަތަ ކުރާ އެފަދަ ކަންތައްތައް ދީނަށް ފުރައްސާރަ ކުރުން ކަމަށް ނުވުމަކީ ކޮން ކަހަލަ އިންސާފެއްތޯ އެވެ. އެގޮތަށް ވާހަކަ ދެއްކުމަކީ މީސްތަކުންނަށް އޮޅުވާލުން ކަމުގައި ނޫނީ ނުވާނެ ނޫންތޯ އެވެ. އެ ޓުވީޓުގައި  ގުރުއާނުގެ އާޔަތެއް ވެސް ވަނީ އެޓޭޗްކުރައްވާފައެވެ.

އެ އާޔަތުގެ މާނައިގައި ވަނީ، "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައި މީހުން ﷲ އަށް ތަގުވާވެރި ވާށެވެ. އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ."

ގުޅިފައިވާ ޕާޓީތަކުން މި މަހުގެ 1 ވަނަ ދުވަހުގެ ރޭ އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، އިލްޔާސް ވަނީ ޑރ. އަފްރާޝީމާ ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ދައްކަވާފަ އެވެ. އެ ގޮތުން މީގެ ހަ އަހަރު ކުރިން، ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރިން އޭނާއާ އިލްޔާސްއާ ދެމެދު އެންމެ ފަހުން ދެކެވުނު ވާހަކަތަކާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދެއްކެވި އެވެ. އަދި ޑރ. އަފްރާޝީމް އަވަހާރަކޮށްލި ފަހުން، އެކަމާ ގުޅުން ހުރި ކަމަށް ތުހްމަތުކުރެވޭ ނުވަ ޒުވާނަކު، އެކި ފަހަރު މަތިން މަރާލާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާއިން ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

އެހެން ނަމަވެސް އިލްޔާސް ހުސައިން ފުލުސް އޮފީހަށް ހާޒިރުވާން އެންގިކަން ހާމަކޮށް ނޫސްވެރިން ބައިތިއްބައިގެން އިސްކަންދަރު ބިލްޑިންގައި ދެއްވި ބަޔާނެއްގައި ފުލުހުންގެ ސްޕޯކްސްޕާސަން، ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން، ނުވަ ޒުވާނަކު މަރާލާފައިވާ ކަމަށް ޝެއިހް އިލްޔާސް ތުހުމަތު ކުރައްވާފައިވާ ކަމަށެވެ. އަދި އެ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި އެއީ ފިތުނަ އުފެއްދުމަށް ދެއްކި ވާހަކަތަކެއް ކަމަށް ޝިފާން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް