ކ. މާލެ
|
8 ސެޕްޓެންބަރ 2018 | ހޮނިހިރު 02:41
މައްޗަންގޯޅީގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި އީވާ ވާހަކަ ދައްކަވަނީ
މައްޗަންގޯޅީގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި އީވާ ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
އިބޫއަށް ވޯޓް ދޭންވީ ވެރިންނަށް އަޅުވެތިނުވުމަށް: އީވާ
އިބޫއަށް ވޯޓްދޭންވީ ވަޒީފާއަކީ ވެރިންގެ އިޙްތިޔާރުގައި އޮންނަ އެއްޗަކަށް ނުހެދުމަށް
މި ވޯޓަކީ އަމިއްލަ ފުރުދީ މިނިވަންކަން ހޯދުމަށްލާ ވޯޓެއް
ޖަލްސާއަށް ގިނަ ބަޔަކު ދާންވީ އެކެއް އަނެކެއްގެ ކިބައިން ހިތްވަރުލިބިގަތުމަށް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މި ބިރުވެރިކަމުގައި ދެން ދުވަހުކުވެސް އުޅެން ބޭނުންނުވާނަމަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓް ދެއްވުމަށް ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ

މައްޗަންގޯޅީގައި ހުކުރު ދުވަހުގެރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މުވައްޒަފުންނާއި ސަރުކާރަށް ނިސްބަތްވާ ކުންފުނިތަކުގެ މުވައްޒިފުން އިބޫއަށް ވޯޓް ދޭންވީ ވެރިންގެ އަޅުވެތިކަމުގެ ތެރޭގައި ނޫޅުމަށް ކަމަށެވެ. މި މަހުގެ 23 ވަނަ ދުވަހު ދިވެހި ރައްޔިތުންލާ ވޯޓަކީ އަމިއްލަ ފަރުދީ މިނިވަންކަން ހޯދުމަށްލާ ވޯޓެއް ކަމަށާއި، ބިރުވެރިކަމެއްނެތި އަމިއްލަ އިޙްތިޔާރުގައި މިނިވަންކަމާއި އެކު ވަޒީފާ އަދާކުރުމުގެ ފުރުސަތު އިބޫގެ ސަރުކާރެއްގައި ލިބިގެންދާނެ ކަމަށް އީވާ ވިދާޅުވިއެވެ.

މައްޗަންގޯޅީގައި ގުޅިފައިވާ ސިޔަސީ ޕާޓީތަކުން ބޭއްވި ކަންމަތީ ބައްދަލުވުމުގެ ތެރެއިން 

"ތި ބޭފުޅުންގެ ވަޒީފާ ތަކަކީ ދެން ވެރިންގެ އިޙްތިޔާރުގައި އޮންނަ އެއްޗަކަށް ނަހަދާން، އެއީ ވެރިންގެ އަޅުންނަން ނުވާން، އެއީ ތިބޭފުޅުންގެ ވަޒީފާތަކަކީ ވެރިންގެ އިޙްތިޔާރުގައި އޮންނަ އެއްޗަކަށް ނުހަދާން، އެއީ ވެރިންގެ އަޅުންނަން ނުވާން، އެއީ އަމިއްލަ އިޙްތިޔާރުގައި އޮންނަ އެއްޗަކަށް ވަޒީފާތަށް އަލުން އަބުރާ ހަދަން ވެގެން އަޅުގަނޑުމެން މި ދަންނަވަނީ މި އަނިޔާވެރިކަމުން ސަލާމަތްވާން ޖެހެއޭ" އީވާ ވިދާޅުވިއެވެ.

އިވާ ވިދާޅުވީ ގޮތުގައި ހޮނިހިރު ދުވަހުގެރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާއަށް ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވާންވީ އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ލިބިގަތުމަށް ކަމަށެވެ. ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާ މަންޒަރު ފެނިއްޖެނަމަ ގިނަ ރައްޔިތުން އަނެއްކާވެސް ބިރުފަހަނައަޅާ ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތަކުގައި ބައިވެރިވާން ރައްޔިތުން ނުކުންނާނެ ކަމަށް އީވާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ބައިވެރިވަޑައިގެންނެވިއިރު، މައްޗަންގޯޅިއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިކަން ފާހަގަކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް