ކ. މާލެ
|
8 ސެޕްޓެންބަރ 2018 | ހޮނިހިރު 02:35
ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓް
ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓް
ޓްވިޓަރ
އެކްސިޑެންޓް
ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހުޅުވި ބޮޑުތަކުރުފާނު މަގުގައި އެކްސިޑެންޓެއް ހިނގައިފި
މިއެކްސިޑެންޓު ހިނގާފައިވަނީ ދެސައިކަލު ޖެހިގެން
މިއެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހުޅުވިތާ މާގިނައިރުތަކެއް ނުވަނީސް އެކްސިޑެންޓެއް ހިނގައިފި އެވެ.

ސިނަމާލެ ބުރިޖާއި ގުޚިފައިވާ ބޮޑުތަކުރުފާނު މަގުގައި މިއެކްސިޑެންޓު ހިނގާފައިވަނީ ދެސައިކަލު ޖެހިގެންނެވެ. މަންޒަރު ދުށް މީހަކު ރާއްޖެއެމްވީއަށް ބުނީ މިދެސައިކަލު ވެސް އައީ ބާރު ސްޕީޑްގައި ކަމަށާއި، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށެވެ.

މިދެސައިކަލު ވެއްޓިފައި ހުރި ފޮޓޯތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވަމުންދާއިރު ސައިކަލަކަށް ވެސް ގެއްލުމެއް ލިބިފައިވާތަނެއް ފެންނާކަށް ނެތެވެ.

މިއެކްސިޑެންޓާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ސިނާއީ ސަރަހައްދާއި ހަމައަށް ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާފައެވެ. މިމަގު ބޭނުން ކުރުމަށް އާންމުންނަށް ހުޅުވާލީ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:00 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް