ކ. މާލެ
|
7 ސެޕްޓެންބަރ 2018 | ހުކުރު 07:13
މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް
މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2018
އިބޫ މަަސައްކަތް ކުރައްވަނީ މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވުމަށް: އަނާރާ
ވަޒީފާއިން ކަނޑާ، ނުފޫޒު ފޯރުވުމަކީ އޯގާތެރި ވެރިއެއްގެ ކިބައިން ފެންނާނެ ސިފަތަކެއް ނޫން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އިބޫ މަަސައްކަތް ކުރައްވަނީ މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވުމަށް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހއ. ދިއްދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން އަނާރާ ވިދާޅުވީ، މި އިންތިޚާބުގައި ދެން ވާދަކުރައްވާ ރައީސް އަބުދުﷲ ޔާމީނާ ޚިލާފަށް އިބޫ މަސައްކަތް ކުރައްވަނީ، އިސްލާހަށް ކަމަށެވެ.

ރައީސަކަށް އަންނަ ފަރާތަކީ ރައްޔިތުން ދެެކެ ލޯބިވާ އޯގާތެރި ބޭފުޅަކަށް ވާންޖެހޭއިރު އެ ސިފަތައް ހުރި ބޭފުޅަކީ އިބޫ ކަމަށް އަނާރާ ވިދާޅުވިއެވެ.

އަނާރާ ވިދާޅުވި ގޮތުގައި ވަޒީފާތަކުގައި ތިބި މުއައްޒަފުންނަށް ނުހައްގުން ފިޔަވަޅުއަޅައި، ބިރުދައްކާ ވަޒީފާއިން ކަނޑާ، ނުފޫޒު ފޯރުވުމަކީ އޯގާތެރި ވެރިއެއްގެ ކިބައިން ފެންނާނެ ސިފަތައް ނޫން ކަމަށެވެ.

އަނާރާ ވިދާޅުވި ގޮތުގައި އެކަން ކަމަށް ބަލައި ރައްޔިތުން އެންމެ މުހިއްމު ނިންމުން ނިންމަން ވާނީ އެކަންކަމަށް ރިއާޔަތްކޮށް އެންމެ އޯގާތެރިވެރިއެެއް ކަމަށެވެ.

ރައީސަކަށް ހޮވާ ފަރާތަކީ އަދުލުވެރިކަމާއި ހަމަހަމަކަމާ އެކު ރައްޔިތުންނާ މެދު އަމަލުކުރާ ފަރާތްތަކަށް ވާންޖެހޭ ކަމަށާއި، އެހެން ނަމަވެސް މި ވޭތުވެ ދިޔަ ހަތަރު އަހަރު ފެނިގެން ދިޔައީ ސަރުކާރާ ދެކޮޅު ފިކުރުގެ މީހުންނާ މެދު ބޭއިންސާފުން އަމަލުކުރެވިގެން ދިޔަތަން ކަމަށް އަނާރާ ވިދާޅުވިއެެވެ. އަދި ފާޅުގައި ފައިސާ ގޯންޏެއް ހިފައިގެން މެންބަރުންނަށް ބަހަން ނުކުންނެވި ބޭފުޅާއަށް ސުވާލެއް ކޮށްނުލައްވާ އެއްވެސް ކުށެއް ނެތި މަޖިލީހުގެ އެތަށް މެންބަރުންނަށް ޖަލުގައްޔާއި އެކި ގޮތް ގޮތުން މި ސަރުކަރުން އަނިޔާވެރި ވެފައިވާކަން އަނާރާ ފާހަގަކުރެއްވިއެވެ.

މި ހުރިހާ ބޭއްއިންސާފަށް ކެތް ނުކުރެވިގެން ގުޅިފައިވާ ޕާޓީތަކުން އެތަށް މަޝަވަރާއެއް ކުރުމަށް ފަހު އަދުލުވެރި ވެރިކަމެއް ކޮށްދެވޭނެ ބޭފުޅަކީ އިބޫ ކަމަށް ނިންމަވާ އެމަނިކުފާނަށް ތާއީދުކުރަން ނިންމެވީ ކަމަށް އަނާރާ ފާހަގަކުރެއްވިއެވެ. އަނާރާ ވިދާޅުވީ އެންމެ އޯގާތެރި ވަފާތެރި ދެތުވެރި ބޭފުޅަކު ވެރިއަކަށް ހޮވުމީ ރައްޔިތުން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި އެފަދަ ބޭފުޅަކީ އިބޫ ކަމަށް އަނާރާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް