ކ. މާލެ
|
6 ސެޕްޓެންބަރ 2018 | ބުރާސްފަތި 23:25
ޓްރާންސްޕޭރެންސީން ބޭއްވި ޕެނަލްއެއް -- ފޮޓޯ: ރާއްޖެ އެމްވީ
ޓްރާންސްޕޭރެންސީން ބޭއްވި ޕެނަލްއެއް -- ފޮޓޯ: ރާއްޖެ އެމްވީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
ޓްރާންސްޕޭރެންސީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަށް ރިޔާސީ ބަހުސަކަށް ދައުވަތު ދީފި
ރިޔާސީ ބަހުސް ބާއްވަން ނިންމާފައިވަނީ މިމަހުގެ 12 ވަނަ ދުވަހު
އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާއި އެކެންޑިޑޭޓުން ކުރިއަށްއޮތް ފަސް އަހަރު ދުވަހު ގައުމުގެ ކަންކަން ހިންގަން ހަމަޖެހިފައިވާ ގޮތް ރައްޔިތުންނަށް އެނގެންޖެހޭ

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ މެދުގައި ބަހުސެއް ބާއްވަން ނިންމާ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިދެބޭފުޅުންނަށް ދައުވަތު ފޮނުވައިފިއެވެ.

މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ދައުވަތު ފޮނުވާފައި ވަނީ ބުރާސްފަތި ދުވަހުއެވެ.

ޓްރާންސްޕޭރަންސީން ބުނީ ރިޔާސީ ބަހުސް ބާއްވަން ނިންމާފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ކަމަށެވެ. 

ޓްރާންސްޕޭރަންސީން ބުނީ ރިޔާސީ އިންތިޚާބަކަށް ތައްޔާރުވަމުން އަންނައިރު އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާއި އެ ކެންޑިޑޭޓުން ތަމްސީލްކުރާ ޕާޓީތަކުގެ މެނިފެސްޓޯ ރައްޔިތުންނާއި ހަމައަށް ތިލަވެ، ކުރިއަށްއޮތް ފަސް އަހަރު ދުވަހު ގައުމުގެ ކަންކަން ހިންގަން ހަމަޖެހިފައިވާ ގޮތް އެނގުމަކީ ކޮންމެހެން ބޭނުންކަމެކެވެ.

މިގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނާއި، އެކެނޑިޑޭޓުންނާއި ނިސްބަތްވާ ސިޔާސީ ޕާޓީތަކުން ގައުމުގެ ހިންގުމާއި ތަރައްގީގެ މިސްރާބަށް ބައްޓަން ކުރަން ރާވާފައިވާ ގޮތާއި، ޑިމޮކްރަސީ ހަރުދަނާކުރުމަށް އެކަށައަޅާފައިވާ ސިޔާސަތުތަކާއި އެކަންކަމާ ގުޅުންހުރި ތަފްސީލް ރައްޔިތުންނަށް ފޯރުކޮށްދީ ރިޔާސީ އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުން ރައްޔިތުންނަށް ތައާރަފް ކޮށްދިނުމަށް ކަމަށެވެ.

ރައީސް ޔާމީނާއި އިބޫއާ ދެމެދު ރިޔާސީ ބަހުސެއް ބާއްވަން ޓްރާންސްޕޭރެންސީން ނިންމާފައިވާއިރު ރާއްޖެޓީވީންނާއި، ގައުމީ ޔުނިވަރސިޓީން ވެސް ބަހުސްއެއް ބޭއްވުމަށް ނިންމިއެވެ. ގައުމީ ޔުނިވަރސިޓީގެ ބަހުސްގައި ބައިވެރިވެވަޑައިނުގަތުމަށް އިބޫ ނިންމެވިއިރު، ރާއްޖެ ޓީވީގެ ބަހުސްގައި ރައީސް ޔާމީން ބައިވެރިވެޑައިނުގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް