ކ. މާލެ
|
6 ސެޕްޓެންބަރ 2018 | ބުރާސްފަތި 16:59
މާރިއާ އަހުމަދުދީދީ
މާރިއާ އަހުމަދުދީދީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ވޯޓް ކަރުދާހުގައި ފާހަގަ ޖަހަން އަމިއްލަ ގަލަން ބޭނުން ކުރެވެންޖެހޭނެ: މާރިޔާ
ފާހަގަ ޖެހުމަށް އަމިއްލަ ގަލަން ވެއްދެން ޖެހޭ
ވޯޓުލާ މަރުކަޒުގެ މޭޒުމަތީ އޮންނަ ވޯޓާސްލިސްޓާއި އޮބްޒާވަރުންނަށް ދޭ ލިސްޓް ދިމާވާން ޖެހޭ
ނަތީޖާ ޝީޓް ވަގުތުން އެންމެންނަށް ފެންނާނެހެން ވޯޓުލި މަރުކަޒުގައި ތަތް ކުރަންޖެހޭ

މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް އެމީހަކު އަމިއްލަ ގަލަމުން ފާހަގަ ޖަހަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބެންޖެހޭނެ ކަމަށާއި އިލެކްޝަންސް ކޮމިޝަނާމެދު ރައްޔިތުން ޝައްކު އުފައްދަމުންދާއިރު، މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ ގޮވާލައްވައިފި އެވެ.

ބުރާސްފަތި ދުވަހު އިބޫގެ ތަރުޖަމާނު މާރިއާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ވޯޓު ކަރުދާހުގައި ފާހަގަ ޖަހާނެ ގަލަން އިލެކްޝަންސް ކޮމިޝަނުން ވޯޓު ފޮށި ކައިރީ ބޭއްވިނަމަވެސް ވޯޓުލާން ދާ މީހުން އެމީހުން އަމިއްލައަށް ގެންދާ ގަލަމުން ވޯޓު ނުލެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި އިލެކްޝަންސް ކޮމިޝަނާމެދު ރައްޔިތުން އުފައްދާ ޝައްކުތައް ފިލުވުމަށް އިލެކްޝަންސް ކޮމިޝަނުންވެސް މަސައްކަތް ކުރަންޖެހޭ ކަމަށް މާރިއާ ވިދާޅުވި އެވެ.

މާރިއާ ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅިގެން ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް ސިޓީ އަކުން އިލެކްޝަން ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ. އަދި އިންތިހާބުގެ ކުރިން އެކަންކަން ހައްލުކޮށްދެއްވަން ޖެހޭނެ ކަމަށް ގުޅިފައިވާ ޕާޓީ ތަކުން ދެކޭ ކަމަށް ވެސް މާރިއާ ވިދާޅުވި އެވެ.

އެގޮތުން ވޯޓުލާ މަރުކަޒުގައި ވޯޓުލާ ނިމުމުން ވަގުތުން ނަތީޖާ އިއުލާން ކުރައްވާނެ ކަން ޔަގީން ކޮށްދެއްވަން ޖެހޭނެ ކަން ސިޓީ ގައި ބުނެފައި ވާނެ ކަމަށާ، އަދި ނަތީޖާ ކަރުދާސް އާންމުންނަށް ފެންނަ ގޮތަށް ބަހައްޓާނެ ކަންވެސް ލިޔުމުން އިލެކްޝަން ކޮމިޝަނުން ދޭން ޖެހޭނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް