ކ. މާލެ
|
5 ސެޕްޓެންބަރ 2018 | ބުދަ 22:51
ޕީއެސްއެމްއިން އާންމުކުރި ހަބަރުގެ ސްކްރީންޝޮޓެއް
ޕީއެސްއެމްއިން އާންމުކުރި ހަބަރުގެ ސްކްރީންޝޮޓެއް
ޕީއެސްއެމް
ރިޔާސީ އިންތިހާބު 2018
ޕީއެސްއެމްއިން ފަތުރަމުންދާ ޚަބަރުތައް އެމެރިކާ އެމްބަސީއިން ދޮގުކޮށްފި
އެމްބަސީއިން ފޮނުވާފައިވާ ލިޔެކިޔުންތަކެއް ކަމަށް ބުނެ ދައުރުވަމުންދަނީ ފޭކު ލިޔެކިޔުންތަކެއް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭ ގޮތުން ކޮޅުނބުގައި ހުންނަ އެމެރިކާ އެމްބަސީއާއި އެމެރިކާގެ ޚާރިޖީ ވުޒާރާއާއި ދެމެދު ބަދަލުކުރެވިފައިވާ މުއާމަލާތްތަކެއްކަމަށް ބުނެ ޤާނޫނާއި ޚިލާފަށް ރައީސް ޔާމީން ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރަމުންދާ ޕީއެސްއެމްއިން ގެެނެސްދިން ޚަބަރުތަކަކީ ދޮގު ޚަބަރުތަކެއްކަމަށް އެމެރިކާ އެމްބަސީއިން ބުނެފިއެވެ. 

އެމެރިކާ އެމްބަސީއިން ބުނީ އެމްބަސީއިން ފޮނުވާފައިވާ ލިޔެކިޔުންތަކެއް ކަމަށް ދޭހަވާފަދަ ފޭކު ލިޔެކިޔުންތަކެއް ދައުރުވަމުންދާކަން އެނގިފައިވާކަމަށާއި، އެއީ އެމްބަސީއާއި ގުޅުމެއް ހުރި އެއްޗެއް ނޫންކަމަށެވެ. 

ޙަޤީގަތާއި ޚިލާފު އަދި އަސްލެއް ވާހަކަތައް ވެރިކަންކުރާ ޕާޓީގެ ފަރާތުން ފަތުރަމުންދާކަމަށް ތުހުމަތުކުރެވޭ މިދަނޑިވަޅުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭ ގޮތުން ދޮގު ޚަބަރު ދައުލަތުގެ މީޑިއާއިން ފަތުރަމުންދާއިރު، އެޚަބަރުތައް އިތުރަށް ފެތުރުމަށް މަސައްކަތް ކުރަމުންދަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ އިސް ބޭފުޅުންނާއި ރައީސް ޔާމީންގެ ސަރުކާރުގެ އިސް އޮފިޝަލުންނެވެ. 

ދައުރުވަމުންދާ ފޭކު ލިޔުންތަކުގައި ބުނާ ގޮތުން ދިވެހި ސިފައިންގެ ލަޝްކަރު ކުޑަކުރުމަށް އިިދިކޮޅު ފަރާތްތަކުން އެއްބަސްވެފައިވާކަމަށާއި، ގުޅިފައިވާ ޕާޓީތަކުގެ ފަރާތްތައް ވެރިކަމަށް ގެންނަން އެމެރިކާއިން ތާޢީދުކުރާކާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް