ކ. މާލެ
|
5 ސެޕްޓެންބަރ 2018 | ބުދަ 18:25
ސަން މީޑިއާގެ ދަށުން ހިންގާ ސަން އޮންލައިން
ސަން މީޑިއާގެ ދަށުން ހިންގާ ސަން އޮންލައިން
ރާއްޖެ އެމްވީ
ނޫސްވެރިކަން
ސަން އޮންލައިނާއި ސަންޓީވީ ހުއްޓާލަން ނިންމައިފި
ސަން މީޑިއާ ގްރޫޕަކީ ސިޔާމް ހިންގާ ކުންފުންޏެއް
ސަން މީޑިއާ އުފައްދާފައި ވަނީ 2009 ވަނަ އަހަރު
މުވައްޒަފުންނާ ބައްދަލު ކުރުން ހަވީރު ކުރިއަށް އެބަދޭ

ސަން މީޑިއާގެ ގްރޫޕުގެ ދަށުން ހިންގާ ސަން އޮންލައިނާއި ސަންޓީވީ ހުއްޓާލަން ނިންމައިފިއެވެ.

ސަން މީޑިއާ ގްރޫޕު ހިންގާ ކުންފުޏަކީ އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ހިންގާ ކުންފުންޏެކެވެ. ސަން މީޑިއާ ގްރޫޕުގެ ދަށުން ހިންގާ ސަން އޮންލައިނާއި ސަންޓީވީ ހުއްޓާލަން ނިންމީ ސަން ޓްރެވެލްގައި އަންގާރަ ދުވަހުގެ ހަވީރު ބޭއްވި ބައްދަލުވުމެއްގައި އެ މީޑިއާގެ އިސް ބޭފުޅުންނާ ބައްދަލު ކުރެއްވުމަށްފަހުއެވެ.

ސަން މީޑިއާ ހުއްޓާލުމަށްފަހު، އެކަން އެ މީޑިއާގެ މުވައްޒަފުންނަށް އަންގާރަ ދުވަހު ވަނީ އަންގާފައެވެ. މުވައްޒަފުންނަށް އެކަން އެންގުމަށްފަހު، އެ މީޑީއާ ގްރޫޕުގެ ހިންގުން ހުއްޓާލުމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން ސަން އޮންލައިންގައި ބުނެފައި ވަނީ އެ މީޑިއާގެ ހިންގުން ހުއްޓާލީ ވަގުތީ ގޮތުން ކަމަށެވެ.

ސަން އޮންލައިންގައި ބުނެފައި ވަނީ އެ މީޑިއާ ގްރޫޕުގެ ހިންގުން ހުއްޓާލީ ރީ-ބްރޭންޑުކޮށް، ރީލޯންޗުކުރުމަށް ކަމަށެވެ. ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް، އެފަދަ ނިންމުމެއް ނިންމުމާ ގުޅޭ ގޮތުން އެ ކުންފުނީގެ އިސް ބޭފުޅުންނަށް ގުޅާލުމުން ޖަވާބެއް ނުދެއެވެ.

ރާއްޖެއެއެމްވީއަށް އެނގިފައިވާ ގޮތުގައި ސަން އޮންލައިނާއި ސަންޓީވީގެ ހިންގުން ހުއްޓާލީ ރައީސް އަބްދުﷲ ޔާމީން ޕްރޮމޯޓް ކުރަން، ސިޔާމް ބޭނުންފުޅު ނުވާތީއެވެ. އެނގިފައިވާ ގޮތުގައި އެ މީޑިއާގެ ހިންގުން ދެން ފަށާނީ ރިޔާސީ އިންތިހާބަށްފަހުގައެވެ.

ސަން އޮންލައިނާއި ސަންޓީވީ ހިންގުން ހުއްޓާލަން ނިންމިއިރު، އެ މީޑިއާއިން ހިންގާ ސަންއެފްއެމް ހުއްޓާލާފައިވާތާ، ތިން މަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ސަން މީޑިއާ ގްރޫޕު އުފެދުނީ 2009 ވަނަ އަހަރުއެވެ. އެ މީޑިއާއިން އެންމެ ފުރަތަމަ ހިންގަން ފެށީ ސަންއެފްއެމެވެ. އެއަށްފަހު އޮންލައިން ނޫސް ހިންގަން ފަށައި، ސަން މެގަޒިން އާއި ސަންޓީވީގެ ހިދުމަތް ވެސް ފެށިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
5 ސެޕްޓެންބަރ 2018 | ބުދަ 13:59
ޢާޙޫ
ވެެޢްޓެނީ