ކ. މާލެ
|
5 ސެޕްޓެންބަރ 2018 | ބުދަ 15:26
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯޅިހު (އިބޫ)
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯޅިހު (އިބޫ)
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ދައުލަތަށް ފައިސާ ވަދޭ، ކުރަނީ އިސްރާފު: އިބޫ
މަޝްރޫއުތަކަށް ހަރަދުވާ މިންވަރަށްވުރެ އިތުރަށް ހޭދަކުރޭ
ބޭކާރު ހަރަދުތައް ކުރަންޖެހޭ

ދައުލަތަށް ފައިސާ ވަންނަ ކަމަށާއި އެހެން ނަމަވެސް ފެނިގެންދަނީ ފައިސާ އިސްރާފުކުރަމުންދާ މަންޒަރު ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ހއ.ތުރާކުނަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ދައުލަތަށް ރަނގަޅު މިންވަރަކަށް އާމްދަނީ ވަންނަ ކަމަށާއި އެހެން ނަމަވެސް ބޭކާރު ގޮތް ގޮތަށް ފައިސާ ހަރަދުކުރާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އަދިވެސް އަސާސީ ހިދުމަތްތައް ފުރިހަމަ ނުވާ ރަށްތައް އެބަހުރި ކަމަށް ވިދާޅުވި އެވެ. 

"މައްސަލައަކީ ބޭކާރު ހަރަދުތައް ސަރުކާރުން ކުރާތީ. މައްސަލައަކީ ކުރާ މަސައްކަތްތައް ބޮޑު އަގުގައި ކުރާތީ،"އިބޫ ވިދާޅުވިއެވެ.

ނަރުދަމާގެ މަސައްކަތްތައް ކުރުމުގައިވެސް ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިންގާކަން އެނގެމުންދާ ކަމަށާއި އެންމެ ކުޑަކޮށް ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަށްވެސް ސަރުކާރުން ތިން މިލިއަން ޑޮލަރު ވަރު ހަރަދު ކުރާ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، ބޭކާރު ހަރަދު ހުއްޓުވާލަން ޖެހޭ ކަމަށާއި އެފަދަ ގޮތަކަށް ކަންކަން ނުކުރި ނަމަ މިއަދު ނަރުދަމާ ނެތް އެއްވެސް ރަށެއް ނޯންނާނެ ކަމަށެވެ.

އިބޫ ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީގެ ވެރިކަމެއްގައި ކޮރަޕްޝަނާ ނުލާ މަސައްކަތްތައް ކުރާނެ ކަމަށެވެ. އަދި ވެރިކަން ކުރުމުގެ ފުރުސަތު ރައްޔިތުން ދީފި ނަމަ، ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި އަސާސީ ހުރިހާ ހިދުމަތްތަކެއް ގާއިމް ކުރާނެ ކަމަށެވެ. މީގެ އިތުރުން ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދާ ދިނުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް