ކ. މާލެ
|
5 ސެޕްޓެންބަރ 2018 | ބުދަ 12:39
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު
މުހައްމަދު ޝަރުހާން
ކުރީގެ ނާއިބު ރައީސް އަދީބު
ގިނަ ދުވަސްތަކަކަށް ފަހު ބޭސްފަރުވާއަށް އަދީބު މާލެ ގެނެސްފި
އަދީބުގެ ސިއްހީ ހާލަތު ސީރިއަސްކަން އެނގުނީ އެކަހެރި ބައްދަލުވުމުގައި

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލުކޮޅު ގޯސްވެ، ބޭސްފަރުވާ ފޯރުކޮށްދިނުމަށް މާލެ ގެނެސްފިއެވެ.

ބޭސްފަރުވާއަށް އަދީބު މާލެ ގެނެސްފައި މި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ބޭސްފަރުވާއަށް އަދީބު މާލެ ނުގެނެސް ބެހެއްޓުމަށް ފަހުއެވެ.

އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ އަދީބުގެ ސިއްހީ ހާލުކޮޅު ސީރިއަސްކަން އެނގުނީ އެކަހެރި ބައްދަލުވުމުގައި އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަސްވާ އެކަން ފާހަގަކުރެއްވުމުން ކަމަށެވެ.

ސިރާޖު ވިދާޅުވީ އަދީބު ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނައުން ހުއްޓިފައި އޮތުމަށް ފަހު، އާއިލާއަށް އަދީބުގެ ސިއްހީ ހާލުކޮޅު ރަނގަޅު ނޫން ކަން ކަށަވަރު ވުމުން ބުދަ ދުވަހު ހެނދުނު މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި ބާރުގަދަ އެއްޗެއް ގޮއްވާލި ކަމަށް ބުނެ، އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވާ ކަމަށް ނިންމުމާ ގުޅިގެން އަދީބު ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މީގެ އިތުރުން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.

އަދީބު ޖަލަށްލީ ފަހުން ސިއްހީ ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ޑޮކްޓަރުން އަދީބަށް ލަފާ ދެއްވާފައިވާއިރު، ސަރުކާރުން ދަނީ އެކަމަށް ހުރަސް އަޅަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް