ކ. މާލެ
|
5 ސެޕްޓެންބަރ 2018 | ބުދަ 12:32
އެމްޑީޕީ މީދޫ ޖަގަހައިގައި ރޯކޮށްލާފައި
އެމްޑީޕީ މީދޫ ޖަގަހައިގައި ރޯކޮށްލާފައި
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
އައްޑޫ މީދޫ، އެމްޑީޕީ ޖަގަހައެއްގައި ރޯކޮށްލައި، އަންދާލައިފި
ތުހުމަތުތައް ޕީޕީއެމަށް
މީހަކު ހައްޔަރެއް ނުކުރޭ

އައްޑޫ ސިޓީ މީދޫގައި ހުރި އެމްޑީޕީގެ ޖަގަހައެއްގައި އަލިފާން ރޯކޮށްލައި, އަންދާލައިފިއެވެ.

ރޯކޮށްލާފައި ވަނީ ހިތަދޫ އެޑްވާންސް ޖަގަހައިގައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވިޔަސް، ޖަގަހަ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. ރޯކޮށްލި ޖަގަހަ ހަދާފައިވާ ސަރަހައްދަކީ މީހުން ދިރިއުޅޭ ސަރަހައްދެއް ކަމުން، އެ ޖަގަހައާ އިންވެގެން ހުރި ގެއަށް ވެސް ކޮންމެ ވެސް ވަރެއްގެ ގެއްލުންތަކެއް ވެފައި ވެއެވެ.

އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެއެވެ.

އެމްޑީޕީ މީދޫ ޖަގަހައިގައި ރޯކޮށްލި ހާދިސާއާ ގުޅިގެން، އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމް ތުހުމަތު ކުރެއްވީ އެ އަމަލަކީ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމުން ގަސްތުގައި ހަމަނުޖެހުން އުފެއްދުމަށްޓަކައި ކުރި ކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް