ކ. މާލެ
|
4 ސެޕްޓެންބަރ 2018 | އަންގާރަ 19:03
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ތަރައްގީގެ މަޝްރޫއު ކަމަށްވާ ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ތަރައްގީގެ މަޝްރޫއު ކަމަށްވާ ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މުހައްމަދު ޝަރުހާން
ރާއްޖޭގެ އިގްތިސާދު
2020 ވަނަ އަހަރު ބޮލަކަށް ޖެހޭ ދަރަނި 70 އިންސައްތައަށް!
ދަރަނި އިތުރުވަނީ ކުރިޔަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން
ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ވަނީ ބީ2 ނެގެޓިވްއަށް ބަދަލުކޮށްފައި
ދަރަނި ދައްކަން ސަރުކާރަށް އިތުރު ދަތިތަކާއި ކުރިމަތިވާނެ ކަމަށް ވެސް މޫޑީސްއިން ހާމަކުރޭ

2020 ވަނަ އަހަރު އަންނައިރު ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 70 އިންސައްތައަށް އަރާނެ ކަމަށް ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިންގ އޭޖެންސީތަކުގެ ތެރޭގައި ހިމެނޭ މޫޑީސް އިންވެސްޓަރސްއިން ބުނެފިއެވެ. 

މޫޑީސްއިން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުން ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމަށް ނަގާފައިވާ ދަރަނީގެ ސަބަބުން ކުރިޔަށް އޮތް ތަނުގައި ވެސް ދަރަނި އިތުރުވާނެ ކަމަށެވެ. އެހެންކަމުން 2020 ވަނަ އަހަރު އަންނައިރު ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 70 އިންސައްތައަށް އަރާނެ ކަމަށް މޫޑީސްއިން ވަނީ ބުނެފައެވެ. ސަރުކާރަށް ދަރަނި ދެއްކުމުގެ ގާބިލުކަން އެބައޮތް ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބެމުންދާ ކުރިއެރުންތަކުގެ ސަބަބުން އެކަމަށް މަގުފަހިވާނެކަން ދީފައިވާ ބީ2 ނެގެޓިވް ރޭޓިންގއިން ހާމަވާ ކަމަށް މޫޑީސްއިން ވަނީ ބުނެފައެވެ. 

މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ޕޮޒިޓިވް އައުޓްލުކަކާއެކު ބީ2ގައި ރޭޓްކުރި ނަމަވެސް މިދިޔަ ޖުލައި މަހު އައުޓްލުކް ވަނީ ނެގެޓިވްއަށް ބަދަލުކޮށްފައެވެ. މޫޑީސްއިން އެންމެ ފުރަތަމަ ރާއްޖެއަށް ކްރެޑިޓް ރޭޓިންއެއް ދީފައިވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ހަމައެހެންމެ ރާއްޖޭގެ ދަރަނި އިތުރުވަމުންދާ ނިސްބަތުން ނެގެޓިވް ރޭޓިންގއަށް ވުރެ މައްޗަށް ދިޔުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މޫޑީސްއިން ވަނީ ބުނެފައެވެ. އެގޮތުން މިހާރު ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ނިމެން ދެން ދަރަނި ދާނީ އިތުރުވަމުން ކަމަށް ވެސް މޫޑީސްއިން ހާމަކޮށްފައިވެއެވެ. މީގެއިތުރުން 2022 ވަނަ އަހަރު އަނބުރާ ދައްކަން ޖެހޭ ސޮވެރިންގ ބޮންޑެއް އޮތުމާއެކު ދަރަނި ދައްކަން ސަރުކާރަށް އިތުރު ދަތިތަކާއި ކުރިމަތިވާނެ ކަމަށް ވެސް މޫޑީސްއިން ވަނީ ބުނެފައެވެ. 

ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ ރޭޓިންގ މަތިކުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް މޫޑީސްއިން ބުނެފައިވާއިރު ރޭޓިންގގެ އައުޓްލުކް ސްޓޭބިލައިޒް ކުރުމަށް ވިސްނާނެ ކަމަށް މޫޑީސްއިން ހާމަކޮށްފައިވެއެވެ. 

މިއީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގއަށް ގެނައި ބަދަލެއް ނޫން ކަމަށާއި މިއީ އިންވެސްޓަރުންނަށް ކޮންމެ އަހަރަކު ދެވޭ އަޕްޑޭޓެއްގެ ދަށުން ނެރުނު ރިޕޯޓެއް ކަމަށް މޫޑީސްއިން ހާމަކޮށްފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
4 ސެޕްޓެންބަރ 2018 | އަންގާރަ 14:21
ހ މ ޒ
ބުރިޖު ބޭނުން ކުރާ ފަރާތްތަކުގެ ފަރާތުން ސެޕްޓެމްބަރު 23 ވަނަ ދުވަހާއި ހަމައަށް އެ ފީއެއް ނުނަގާނެ ކަމަށެވެ. އެހެންކަމުން އަންނަ ހުކުރު ދުވަހު އާންމު ދަތުރުފަތުރަށް ބުރިޖު ހުޅުވާލުމުން އެއްވެސް ފީއެއް ނުދައްކައި ހަމަ ހިލޭ ދަތުރު ކުރަންވީ ކަމަށް އޭނާ ވިދާޅުވިއެވެ!؟