ކ. މާލެ
|
4 ސެޕްޓެންބަރ 2018 | އަންގާރަ 16:29
ހދ.ނޮޅިވަރަންފަރު -- ގޫގުލް
ހދ.ނޮޅިވަރަންފަރު -- ގޫގުލް
ގޫގުލް
ފެނަކަ ކޯޕްރޭޝަން
ވަގަށް ނެގި އޭސީ ސިއްރުން ގެންގޮސް ހަރުކޮށްފި
މި މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ

ހދ. ނޮޅިވަރަންފަރު އިންޖީނުގޭގައި ހަރުކޮށްފައި ހުރި އޭސީ ވަގަށް ނެގި ވާހަކަ ރަށުތެރޭގައި ފެތުރުމުން، އޭސީ އަލުން ހަރުކޮށްފި އެވެ. 

އެ އޭސީ ވަގަށް ނެނގީ ކާކު ކަމެއް އަދި ހަރުކުރީ ކާކު ކަމެއް ކަން ވެސް ނޭނގެ އެވެ. 

ނޮޅިވަރަންފަރުން ވާހަކަ ދެއްކި މީހަކުން ނަން ހާމަކުރަން ބޭނުންނުވާ ކަމަށް ބުނެ އޭސީ ވަގަށް ނެގި ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ އޭސީ ވަގަށް ނެގި ވާހަކަ ރާއްޖެ އެމްވީގައި ޝާއިޢުކުރުމާއި އެކު ރަށުތެރޭގައި އެ ވާހަކަ ފެތުރެން ފެށިތާ ހަފުތާއެއް ފަހުން ފެނުނީ އިންޖީނުގޭގައި އޭސީއެއް ހަރުކޮށްފައި ހުއްޓަ އެވެ. 

"ކުރިން އޭސީ ހަރުކޮށްފަ ހުރީތަނުގަ ހަމަ އެއޭސީ ހަރުކޮށްފަ ހުރީ. ރާއްޖެއެމްވީ ޚަބަރު ގެނައީމަ މި އޭސީ ހަރުކުރި ކަމަށް މި ބެލެވެނީ. ދައުލަތުގެ މުދާ ވަކި މީހެއްގެ ގެއަކަށް ނުގެންދެވޭނެ،" އެމީހާ ބުންޏެވެ.

ނޮޅިވަރަންފަރު އިންޖީނުގެ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުﷲ ވަހީދު ބަހެއް މިކަމާ ގުޅޭ ގޮތުން ނުލިބެ އެވެ. 

ނަމަވެސް އޭސީ ވަގަށް ނެގުމާއި ގުޅިގެން އޭރު އަބްދުﷲ ވަހީދު ވިދާޅުވީ އޭސީ ވަގަށް ނެގި މައްސަލާގައި އެއްވެސް މައުލޫމާތެއް ހިއްސާކުރެވެން ނެތް ކަމަށާއި، އެ މައްސަލާގައި ބަލަން ހުރި ކަންތައްތައް ބެލުމަށްފަހު މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް