ކ. މާލެ
|
4 ސެޕްޓެންބަރ 2018 | އަންގާރަ 17:01
ދުނިޔޭގެ އެންމެބޮޑެތި މަތިންދާ ބޯޓު އެއާރބަސް A380 މަރުކާގެ މަތިންދާ ބޯޓެއް
ދުނިޔޭގެ އެންމެބޮޑެތި މަތިންދާ ބޯޓު އެއާރބަސް A380 މަރުކާގެ މަތިންދާ ބޯޓެއް
ގޫގުލް
ރައީސް ޔާމީން 2018
ވޯޓުލާ ދުވަހުގެ ކުރިން ވެލާނާ އެއާރޕޯޓްގައި ދުނިޔޭގައި މިހާތަނަށް ނުވެސް އުފައްދާ މަތިންދާބޯޓެއް ޖައްސާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ!
ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވަނީ ވޯޓުގެ ކުރިން އެންމެބޮޑު މަތިންދާ ބޯޓު A38 ވެލާނާ އެއާރޕޯޓުގައި ޖައްސާނެ ކަަމަށް
ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ 1.2 ބިލިއަން ޑޮަލަރު ކަމަށް ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފޫޅުން ވިދާޅުވޭ
ރައީސް ޔާމީން ވިދާޅުވަނީ A38 މަތިންދާ ބޯޓު ވެލާނާ އެއާރޕޯޓުގައި ޖެއްސުމަކީ ރާއްޖެއިން ރޮކެޓް ހަދައިގެން ހަނދަށް ދިޔުންފަދަ ކަމެއް ކަމަށް

މިމަހުގެ 23 ވަނަ ދުވަހު ވޯޓުލާން ފެށުމުގެ ކުރިން ވެލާނަ އިންޓަރނޭޝަނަލް އެއާރޕޯޓުގައި މިހާތަނަށް ދުނިޔޭގެ އެއްވެސް ބަޔަކު އުފައްދާފައިނުވާ މަތިންދާ ބޯޓެއް ޖައްސާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އދ. މާމިގިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ މިމަހުގެ 23 ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ބައިނަލްއަގްވާމީ އެއާރޕޯޓުގައި ދުނިޔޭގައި އުދުއްސާ އެންމެ ބޮޑު މަތިންދާ ބޯޓު A38 ޖައްސާނެ ކަމަށެވެ. 

"މިއަދު އަޅުގަނޑުމެން މިދައްކަނީ 23ގެ ވޯޓުގެ ކުރިން އަޅުގަނޑުމެންގެ ބައިނަލްއަގްވާމީ އެއާރޕޯޓުގައި ދުނިޔޭގައި އުދުއްސާ އެންމެ ބޮޑު މަތިންދާ ބޯޓް A38 ޖައްސާ ވާހަކަ. މިއީ ކުޑަކުޑަ ގައުމަކުން ރޮކެޓް ހަދައިގެން ހަނދަށް ދިއުން ކަހަލަކަމެއް، މީގެކުރިން ދިވެހިން މީގެކުރީގަތިބި ވިސްނުމުގައި ތިބިނަމަ. މިއަދު މިދައްކަނީ A38 ދިވެހިރާއްޖޭގެ އެއާރޕޯޓަށް ޖައްސާ ވާހަކަ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެ ޖަލްސާގައި ރައީސް ޔާމީން ވަނީ ތަކުރާރުކޮށް A38 މަތިންދާ ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ޖައްސާނެ ކަމަށް ވިދާޅުވެފަ އެވެ. 

ރައީސް ޔާމީން އެގޮތަށް ވިދާޅުވެފައިވާތީ އެފަދަ ކަންކަން އެނގޭ އަދި އެއާރޕޯޓުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން ދަނީ ރައީސް ޔާމީނަށް ފާޑު ވިދާޅުވަމުން ނެވެ. 

މިހާތަނަށް ދުނިޔޭގެ އެއްވެސް ބަޔަކު ރައީސް ޔާމީން އެވިދާޅުވާ މަތިންދާ ބޯޓެއް އުފައްދާފައިވާކަން އެނގޭކަށް ނެތެވެ. ނަމަވެސް އެއާބަސްއިން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓުގެ މޮޑެލްއަށް ދީފައިވާ ނަމަކީ އެއާރބަސް A380 އެވެ. އެއީ ޑަބަލް ޑެކް އަދި އެހެން މަތިންދާ ބޯޓުތަކަށްވުރެ ފުޅާކޮށް، ހަތަރު ޖެޓް އިންޖީނާއެކު އުފައްދާފައިވާ މަތިންދާ ބޯޓެކެވެ. 

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް މިސަރުކާރުން 1.2 ބިލިއަން ޑޮލަރުގެ ލޯނެއްގައި ތަރައްގީ ކުރަމުންދާއިރު، މިމަހުގެ 23ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުގެ ކުރިން އަލަށް ހެދި ރަންވޭއާއި އެއާރޕޯޓްގައި އަލަށް ހެދި ބައެއް ތަންތަން ހުޅުވުމަށްޓަކައި ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ނެވެ. 

- ކޮމެންޓް
5 ސެޕްޓެންބަރ 2018 | ބުދަ 06:06
ދޮންހަސަންބެ
މައުލޫމާތު ހޯދައިގެން ތަންތަނުގައި ވާހަކަ ދައްކާނަމަ މި ބޭޒާރެއް ނުވެފަރު ޖެހުނީސް.
4 ސެޕްޓެންބަރ 2018 | އަންގާރަ 12:17
ޔަސް
ބޯޓެއް އުފެއްދުމުމުގެ ކުޅަދާނަކަން ޔާމީން ގެ އެބަހުރި ހަދާފަވެސް ޖައްސަ ފާނެ